ބުދަ 23 ސެޕްޓެންބަރ 2020
03 އަތަ
1442 ސަފަރު 05
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
އިރުއޮއްސޭ 18:04
އިޝާ 19:15
ޗެނަލް ތޭރަ

ޖިންސީފުރައްސާރަ ކުރި މައްސަލައެއްގައި ޗެނަލް 13ގެ ނޫސްވެރިއެއް ޕޮލިސް މީޑިއާ ގުރޫޕަކުން ބޭރުކޮށްފި

  • އޭނާ ބޭރުކުރީ ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި ކަމަށް ޓްވީޓްގައިވޭ
  • ސަމާހް އަކީ ތޭރައިގެ ސިޔާސީ ހަބަރުތައް ގިނައިން ގެނެސްދޭ ނޫސްވެރިއެއް

ކ. މާލެ | 15 އޮކްޓޯބަރ 2019 | އަންގާރަ 23:44 | 37,865

ނޫސްވެރިޔާ ސަމާހް - ފޭސްބުކް

ޖިންސީފުރައްސާރަ ކުރި މައްސަލަ އެއްގައި ޗެނަލް ތޭރައިގެ ނޫސްވެރިއެއް ޕޮލިސް ވަޓްސްއެޕް މީޑިއާ ގުރޫޕުން ބޭރުކޮށްފިއެވެ.

ޕޮލިސް ވަޓްސްއަޕް މީޑިއާ ގުރޫޕުން ބޭރުކޮށްފައިވަނީ ނޫސްވެރިޔާ ސަމާހް މުހައްމަދު އެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިޔާ ޒާހިރު އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕޮލިސް ވަޓްސްއެޕް ގުރޫޕުން ސަމާހް ބޭރުކޮށްފައިވަނީ ޖިންސީ ފުރައްސާރަ ކުރި މައްސަލަ އެއްގައި ކަމަށެވެ.

އޭނާ ބޭރުކުރުމުގެ ކުރިން ޗެނަލް 13ގެ އިސް ބޭފުޅުންނަށް ވެސް ބައްދަލުކުރަން މަސައްކަތް ކުރި ނަމަވެސް ބައްދަލުވުމަށް އެދުނު ފަރާތް ހާޒިރުވެފައި ނުވާތީ ބައްދަލުވާނެ ގޮތެއް ނުވެފައިވާ ކަމަށް ވެސް އިޒްމިޔާގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ސަމާހް އަކީ ޗެނަލް 13ގައި މަޝްހޫރު މޫނެކެވެ. ސިޔާސީ ހަބަރުތައް ގިނައި ގެނެސްދޭ ސަމާހު ވަނީ މީގެ ކުރިން ސަން އޮންލައިންގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.