ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 23:36
އެޑިންސަން ކަވާާނީ
އެޑިންސަން ކަވާާނީ
ގެޓީ އިމޭޖަސް
އެޑިންސަން ކަވާާނީ
ޔުވެންޓަސްއަށް ބަދަލުވާން ކަވާނީ ބޭނުންވޭ
 
ޕީއެސްޖީއާއެކު ކަވާނީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރު

ޔުވެންޓަސްއަށް ބަދަލުވާން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އެޑިންސަން ކަވާނީ ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޓަލީގެ ނޫސްތަކުން ބުނީ، ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ކަވާނީ ބޭނުންވަނީ ޔުވެންޓަސްއަށް ބަދަލުވާން ކަމަށާއި، އެކަމަށް އެ ކްލަބުންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕީއެސްޖީއާއެކު ކަވާނީ ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިޓަލީ އަދި ސްޕެއިންގެ ކްލަބްތައް ހިމެނެއެވެ.

ނަމަވެސް ދާދި ފަހުން އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަވާނީ ބުނީ، މިދިޔަ ސީޒަނުގައި ވެސް ބުނިގޮތަށް އެއްބަސްވުން ނިމެންދެން ކްލަބުގައި މަޑުކުރާނެ ކަމަށާއި، އެއީ ވައުދުވި ގޮތް ކަމަށެވެ.

ނަޕޯލީ ދޫކޮށްލުމަށް ފަހު 2013 ވަނަ އަހަރުގެ ޖުލައި މަހު ކަވާނީ ޕީއެސްޖީއަށް ބަދަލުވީ 64 މިލިއަން ޔޫރޯގެ އަގަކަށް ފަސް އަހަރަށެވެ. އެ އަށް ފަހު އޭނާ އެއްބަސްވުން އާކޮށްފައެއް ނުވެއެވެ. އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 283 މެޗުގައި 195 ލަނޑު ކާމިޔާބު ކޮށްފައެވެ.

ކަވާނީ ވަނީ ޕީއެސްޖީއާ އެކު ފަސް ލީގު ތަށި، ފަސް ލީގް ކަޕް އަދި ތިން ސުޕާކަޕް ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ ފްރާންސްގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު 2017 ވަނަ އަހަރު ހޯދުމުގެ އިތުރުން ފްރެންޗް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ނަޕޯލީއާ އެކު ކޮޕާ އިޓަލިއާ ކާމިޔާބު ކޮށްފައިވާ ކަވާނީ ވަނީ ތިން ސީޒަނެއްގެ މަތިން ޓީމް އޮފް ދަ އިޔާގައި ހިމެނުމުގެ އިތުރުން 2010 ވަނަ އަހަރު އެ ލީގުގެ ފޭން އެވޯޑްވެސް ހޯދާފައެވެ.

އުރުގުއޭއާއެކު 2011 ވަނަ އަހަރު ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައިވާ ކަވާނީ ވަނީ އެ ޓީމަށް ކުޅުނު 114 މެޗުގައި 48 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް