ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 19:37
ފިލްމި އެވޯޑެއްގެ ތެރެއިން
ފިލްމި އެވޯޑެއްގެ ތެރެއިން
ރާއްޖެއެމްވީ
ފިލްމު އެވޯޑްސް
ނުވަވަނަ ފިލްމު އެވޯޑްސް ގައި 13 ފިލްމެއް!
 
އަންނަ މަހު އެވޯޑްސް ބާއްވަން ނިންމި ނަމަވެސް ތާރީހެއް އަދި ނޭންގޭ
 
މިއަހަރުގެ ފިލްމު އެވޯޑްސް ގައި ބައިވެރިކުރީ ފާއިތުވި ދެ އަހަރު އެޅުވި ފިލްމުތައް

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ނުވަ ވަނަ ފިލްމު އެވޯޑްސް އަށް ތޭރަ ފިލްމެއް ހުށަހަޅައިފިއެވެ.

"ދިވެހި ފިލްމު އެވޯޑްސް 9" ގައި ބައިވެރިކޮށްފައިވަނީ 2017 އަދި 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމުތަކެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބާއްވަމުން އަންނ ފިލްމު އެވޯޑްސް އަށް ފިލްމުތައް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ އެއްވަނަ ދުވަހު ހުޅާލިއިރު އެ ދޭތެރޭގައި ހުށަހަޅާފައިވަނީ 12 ފީޗާ ފިލްމަކާއި އެއް ކުރު ފިލްމެވެ.

ފުރަތަމަ މިދިޔަ އަހަރު ބާއްވަން ނިންމި "ފިލްމު އެވޯޑްސް 9" ކެންސަލްވީ ފިލްމު ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފިލްމުތައް މަދުވެގެންނެވެ.

ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމް ކުރާ ފިލްމު އެވޯޑްސް އަށް މިއަހަރު ހުށަ ހަޅާފައިވާ ފިލްމުތަކަށް ބަލައިލާއިރު ދިވެހި ސިނަމާތަކުގައި ބޮޑު ކާމިޔާބީތަކެއް ހޯދި "ވިޝްކާ، "ބޮސް"، "ހައްދު" އަދި "މީލޯތްބަކީ" ފަދަ ފިލްމުތައް ހިމެނެއެވެ. މިއަހަރުގެ އެވޯޑަށް ހުށަހަޅާފައިވާ ކުރު ފިލްމަކީ "ކަނޑު އިބިލީސް" އެވެ.

އަންނަ މަހު ފިލްމު އެވޯޑްސް ބާއްވަން ނިންމި ނަމަވެސް އެވޯޑް ބާއްވާނެ ރަސްމީ ތާރީހެއް އަދިވެސް އިއުލާންކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް