ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 19:37
ބަނދެފައި އޮތް ވެލާ
ބަނދެފައި އޮތް ވެލާ
ޓްވިޓަރ
އެންވަޔަރަމަންތް މިނިސްްޓްރީ
ގާއުނޑޫދޫ ގައި ބަނދެފައި އޮތް ވެލައެއް މިނިސްޓްރިއާއި އީޕީއޭއިން ސަލާމަތްކޮށްފި!
 
ހާދިސާ ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު މިނިސްޓްރީއިން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފަ
 
ވެލާ ބަނދެފައި އޮތުމުގެ ބޭނުމަކީ އަންގާރަ ދުވަހުގެ ކޮންމެސް އިރެއްގައި މަރާލުމަށް ކަމަށް ބެލެވޭ ކަމަސް މިނިސްޓްރީއިން ބުނޭ
 
ބަނދެފައި އޮތް އެ ވެލާ ފެނިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި

ރ. އަތޮޅުގެ ފަޅު ރަށެއް ކަމުގައިވާ ގާއުނޑޫދޫ ގައި ވަރަށް އިހާނެތިކޮށް ބަނދެފައި އޮތް ވެލައެއް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޓީމަކުން ސަލާމަތްކޮށްފިއެވެ.

މި ވެލާ ފެނިފައިވަނީ މިނިސްޓްރިއާއި އީޕީއޭއިން ތިމާވެށީގެ ދިރާސާތަކެއް ކުރުމަށް އެރަށަށް ގޮސް އުޅުމުގެ ތެރޭގައެވެ. މަސައްކަތުގައި އުޅެނިކޮށް ވަލުތެރޭގައި އުއްޑުން ޖަހައި ބަނދެފައި އޮތް އެ ވެލާ ފެނިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މިނިސްޓްރީއިން ބުނީ ފިޔަގަނޑުގައި ވަލެއް ޖަހައި ގަހެއްގައި މި ވެލާ ބަނދެފައި އޮތުމުގެ ބޭނުމަކީ އަންގާރަ ދުވަހުގެ ކޮންމެސް އިރެއްގައި މަރާލުމަށް ކަމަށް ބެލެވޭ ކަމަށެވެ. މިނިސްޓްރިއިން ނެރުނު ބަޔާނުގައި ވަނީ މި ވެލައަކީ ފަތިހުގެ ވަގުތެއްގައި ބިސް އަޅަން އެ ރަށަށް އެރި ވެލައެއް ކަމަށް ލަފާކުރެވޭ ކަމަށެވެ. ބަޔާނުގައި ވަނީ މިނިސްޓްރީގެ ޓީމަށް ވެލާ ފެނުމާއެކީ އެ ވެލާ ސަލާމަތްކޮށް ދޫކޮށްލުމުގެ މަސައްކަތް ފަށާފައި ވާކަމަށެވެ.

މިއީ ހަގީގަތުގައިވެސް އަނިޔާކުރުންކަމަށާއި މިފަދަ ލާއިންސާނީ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށް މިކަމާ ގުޅޭގޮތުން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި މިއީ ޤާނޫނީ ކުށެއް ކަމަށެވެ. އަދި މި މައްސަލަ މިނިސްޓްރީއިން ގެންދަނީ ބަލަމުންކަމަށާއި މިކަމުގައި ބައިވެރިވި ފަރާތްތައް ހޯދައި އެ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ޒާހިރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީގެ ޓީމުގައި އިސްވެ ހުންނެވީ މިނިސްޓްރީގެ އެކްޒެކަޓިވް ޑިރެކްޓަރ އަހުމަދު މުޖުތަބާ އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ވަނީ ޓީމުގެ ހުރިހާ ބޭފުޅުންނަށް ގުޅާ މަރުހަބާ ދަންނަވައި ހާދިސާ ހިނގި ގޮތް ބައްލަވާފައެވެ. މި ހާދިސާ ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު މިނިސްޓްރީއިން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީއިން ނެރުނު ބަޔާނުގައި ވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް