ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 18:29
މިނިސްޓްރީ އޮފް ފިނޭންސްގެ އިމާރާތުގެ ބިއްދޮށުގައި ގާއިމްކޮށްފައިވާ ޕާކިންގްއެއް
މިނިސްޓްރީ އޮފް ފިނޭންސްގެ އިމާރާތުގެ ބިއްދޮށުގައި ގާއިމްކޮށްފައިވާ ޕާކިންގްއެއް
ރާއްޖެ އެމްވީ
ޕާކިން ޒޯން
ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރާނެ 40 ޖާގައިގެ ޕާކިންގ އޭރިއާ ދޫކޮށްފި
 
ގުރުއަތު ނެގުން އަންގާރަ ދުވަހުގެ ހަވީރު 4:45 ގައި އިސްކަންދަރު ސްކޫލްގައި ވަނީ ބާއްވާފަ

ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރާނެ 40 ޖާގައިގެ ޕާކިންގ އޭރިއާ މާލެ ސިޓީ ކައުންސިލުން ދޫކޮށްފިއެވެ. މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލު ގެނެސްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ދޫކުރެވުނު އޭރިއާއެކެވެ.

މ. ދަންޑެހެލުގޭގައި (ސުޕްރީމް ކޯޓް ކުރިމަތި) ގައިވާ ޕާކިންޒޯންތައް ބޭނުންވާ ފަރާތްތަށް ހޯދުމަށް އިއުލާން ކުރުމުން 104 ފަރާތަކުން ކުރިމަތިލި ކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން އެފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން އަންގާރަ ދުވަހުގެ ހަވީރު 4:45 ގައި އިސްކަންދަރު ސްކޫލްގައި ވަނީ ބާއްވާފައެވެ.

ކައުންސިލުން ބުނީ ގުރުއަތުން ހޮވުނު 40 ފަރާތަށް މާލެ ސިޓީ ކައުންސިލްގެ ޕާކިން ޒޯންތަކުގައި އެއްގަމު އުޅަނދު ޕާކު ކުރުމުގެ އުސޫލުގެ ދަށުން ވަރަށް އަވަހަށް ޕާކިން ޒޯން ހަވާލު ކުރެވޭނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
40%
0%
40%
0%
20%
ކޮމެންޓް