ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 18:19
ވިކްޓްރީ ސްޕޯޓްސް ކްލަބް
ވިކްޓްރީ ސްޕޯޓްސް ކްލަބް
ފޭސްބުކް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: މިއަދުގެ މެޗަށްވެސް ވިކްޓްރީ ހާޒިރެއް ނުވި
 
ވިކްޓްރީ ހާޒިރުނުވީ ފޯކައިދޫއާ ދެކޮޅަށް ކުޅޭ މެޗަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ށ.ފޯކައިދޫއާ ދެކޮޅަށް ވިކްޓްރީ ސްޕޯޓްސް ކްލަބް ކުޅެން ޖެހޭ މެޗަށް އެ ކްލަބް ހާޒިރު ނުވިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ، ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން މެޗު ކުޅުމަށް ހާޒިރުވެފައިނުވާތީ މެޗު ކުޅެފައިނުވާ ކަމަށެވެ.

އެގޮތުން މި މެޗުން ފޯކައިދޫ މޮޅުވި ކަމަށް ނިންމާ އެޓީމަށް ތިން ޕޮއިންޓް ލިބޭއިރު، ވިކްޓްރީއަށް އެފްއޭއެމުން ފިޔަވަޅު އަޅާނެއެވެ.

މިއީ މި ސީޒަނުގައި ވިކްޓްރީ ހާޒިރުނުވި ދެވަނަ މެޗެވެ. އަދި މިއީ ފާއިތުވެދިޔަ ދެ ސީޒަނުގެ ތެރޭގައި އެޓީމު ހާޒިރުނުވާ ހަތަރުވަނަ މެޗެވެ.

މިދިޔަ ސީޒަނުގައިވެސް ވިކްޓްރީ ދެ މެޗަށް ހާޒިރު ނުވެއެވެ. ނަމަވެސް މިދިޔަ ސީޒަނަށްވުރެ މި ސީޒަނުގައި ވިކްޓްރީގެ މާލީ ހާލަތު އިތުރަށް ގޯސްވެފައިވާއިރު، ކުރިޔަށް ހުރި މެޗުތަކުގައިވެސް ޓީމު ހަމަކުރަން އެޓީމަށް ފަސޭހަވާނެ ކަމަށް ނުބެލެވެއެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ވިކްޓްރީ ކުޅެން ޖެހޭ މެޗަށް އެޓީމު ހާޒިރު ނުވުމުން އެފްއޭއެމުން ވަނީ 40،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އޭގެ ފަހުން ފ. ނިލަންދޫއާ ދެކޮޅަށް ވިކްޓްރީން ވަނީ ބަދަލު ކުޅުންތެރިން ނުލައި ކުޅެފައެވެ. ނިލަންދޫއާ ދެކޮޅަށް ވިކްޓްރީން އެޓީމުގެ ފުރަތަމަ 11 ހަމަކުރީ ބަދަލު ކީޕަރުން ކުޅުންތެރިންގެ ގޮތުގައި ހިމަނައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް