ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 17:27
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް
ވިސާމްގެ ހޫނު ރައްދެއް އަދުރޭއަށް!
 
އަދުރޭ އަކީ ރައީސް ޔާމީން ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް މެމްބަރު
 
ލ. ގަމުގެ ހުރިހާ ޕްރޮޖެކްޓެއް ހުއްޓުވާފައިވަނީ އަދުރޭ

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހޫނު ރައްދެއް ދެއްވައިފި އެވެ.

ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅުއްވާފައިވާ، ދިވެހިރައްޔިތުންނަށް މާލެއާއި ރަށްރަށުން ފްލެޓް ދޫކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ވިސާމް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެސަރުކާރަށް ނިސްބަތްވި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށް ގާނޫނާ ހިލާފަށް ވަރަށް ގިނަ ކަންކަން ކޮށްދީފައިވާ ކަމަށެވެ.

އެގޮތުން އޭރު ޕީޕީއެމަށް ނިސްބަތްވި މަޖިލިސް މެމްބަރުން ފައިސާ ހޯދި ގޮތެއް ވެސް ނޭނގި، ބޮޑެތި ފްލެޓްތައް އެ މެމްބަރުންނާއި އެ މެމްބަރުންގެ އަނބިދަރިންނަށް ގަނެދެއްވާފައިވާ ކަމަށް ވިސާމް ވިދާޅުވިއެވެ. އަދި ނަޒާހަތްތެރިކަން އިތުރުކުރަން ކަމަށްބުނެ، ދައުލަތުގެ އަދި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށް ފްލެޓް ދެއްވާފައިވާއިރު، އެއީ މިސަރުކާރުންނާއި މި މަޖިލީހުން ނުބަލާ ދޫކޮށްލަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ވިސާމް ފާހަގަކުރެއްވި އެވެ.

ވިސާމް އެ އިޝަރާތްކުރައްވަނީ ނިމިދިޔަ 18 ވަނަ މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވާ ގިނަ މެމްބަރުންތަކަކާއި އެމެމްބަރުންގެ އާއިލާ މީހުންނަށް ފްލެޓް ދީ، އަދި ރައީސް ޔާމީންގެ އަނބިކަނބަލުން ހިންގެވި ސަދަގާތް ފައުންޑޭޝަނުގައި މަސައްކަތް ކުރެއްވި ބައެއް ފަރާތްތަތަކަށާއި ޕީޕީއެމް އެކްޓިވިސްޓުންނަށް ފްލެޓް ދީފައިވާ މައްސަލައަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ގަވާއިދާ ހިލާފަށް ފްލެޓް ދީފައިވާ މައްސަލަތައް ތޮއްޖެހިފައިވާއިރު، މިސަރުކާރަށް އަދި އެ އުޅެނީ އެކަމުން އަރާ ނުގަނެވިގެންނެވެ،

ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިންކަމަށްވާ އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫފްގެ އޭރުގެ ލީޑަރު އަހުމަދު ނިހާނާއި އޭނާގެ ދަރިފުޅެއްގެ ނަމުގައި މާލެއިން އަގުބޮޑު ފްލެޓެއް ގަތް މައްސަލައިގެ އިތުރުން ރައީސް ޔާމީން ސަރުކާރުގައި އެންމެ ނުފޫޒުގަދަ އަބްދުއްރަހީމް ވެސް ވަނީ އޭނާއާއި އޭނާގެ އަންހެނުންގެ ނަމުގައި މާލެއިން އަގުބޮޑު ފްލެޓް ގަނެފަ އެވެ. އެ މައްސަލަތައް އޭރު އޭސީސީން ބަލަމުންދާ ކަމަށް އެކޮމިޝަނުންވެސް ވަނީ ބުނެފަ އެވެ.

ނިމިދިއަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނާއި ގަވާއިދާ ހިލާފަށް ވަރަށް ގިނަ ފްލެޓް ދޫކޮށްފައި އެބަހުރި. 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި މިނިވަން މުއައްސަސާތަކުގެ ބޭފުޅުންގެ ނަޒާހަތްތެރިކަން އިތުރުކުރުމުގެ ނިޔަތުގައި ކަނޑައެޅިގެން ހަދިޔާއެއްގެ ގޮތުގައި ފްލެޓް ދޫކޮށްފައި އެބަހުރި. 22 މިލިއަނަށް 20 ފުނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ފްލެޓް ބައްލަވައިގެންކަން އެބައިނގޭ. އޭސީސީން އެމައްސަލަ ބެލިކަން މީގެކުރިން އަޅުގަނޑުމެންނަށް އެނގުނު. އެހެންނަމަވެސް މިއަދު މިކަމުގައި އަޅުގަނޑުމެން ވާހަކަދައްކާއިރު، އެގޮތަށް ރައީސް ޔާމީން ދޫކޮށްފައިވާ ފްލެޓްތަކުގެ މައްސަލަތައް އެބަޖެހޭ ބެލެން. ރައީސް ޔާމީން ވަނީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަށް އަރައިގަނެ، ވަކި މަގްސަދެއް ހާސިލްކުރަން ވަކި ބަޔަކަށް ފްލެޓް ދީފަ،"
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް

ވިސާމް ވަނީ ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ޕީޕީއެމް ދޫކޮށް، ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން، ސަރުކާރަށް ފާޑު ކިޔަމުންގެންދަވާތީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.

މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފަ، ޕޯޑިއަމްތަކަށް އަރާ ދީނާ ގައުމުގެ ވާހަކަ ދައްކާތަން. އަބްދުއްރަހީމްމެންފަދަ ބޭފުޅުން ކްރިމިނަލް ކޯޓުކައިރީ އިށީދެފަ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިގޮތަކަށޭ ކަންތައް ކުރައްވަނީއޭ ކިޔައިގެން ވާހަކައެއް ނުދެއްކޭނެ. އެއީ ދިވެހި ރައްޔިތުންގެ އެތައް ހައްގުތަތަކަކަށް އަބްދުއްރަހީމްމެންފަދަ ބޭފުޅުން ވަނީ އަރައިގަނެފަ، ލ. ގަމުގެ ހުރިހާ ޕްރޮޖެކްޓެއް ކުރީގެ ސަރުކާރުގެ ދުވަސްވަރު ހުއްޓުވީ ވެސް އަބްދުއްރަހީމް،"
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް

ވިސާމް ވިދާޅުވީ ލ. އަތޮޅުގެ ރައްޔިތުން މާލެ އަންނަޖެހޭ އެއްސަބަބަކީ، ލ. އަތޮޅުން ދޫކޮށްފައިވާ ގޯތިތަކަށް ކަރަންޓް ލިބުމުގައާއި ދެންވެސްހުރި އެހެނިހެން ދަތިތަކާހުރެ ކަމަށެވެ.

ލ. އަތޮޅުގެ ރައްޔިތުން މާލެ އަންނަޖެހޭ އެއް ސަބަބަކީ، ލ. އަތޮޅުން ބިންދޫކޮށް، އެގޯއްޗަށް ކަރަންޓް ލިބޭނެ ގޮތެއް ނެތިގެން އެ ގޯއްޗަށް ނުވަދެވިފަ. ލ އަތޮޅުގެ ރައްޔިތުން ބޭސްފަރުވާ ހޯދަން ހޮސްޕިޓަލަށް ދިޔައީމާ އެތަނުން ރަނގަޅަށް ޓެސްޓް ނުހެދޭތީވެ، ކިތަންމެބަޔެއް ކޮންމެ ދުވަހަކު މި މާލެއަށް އަންނަން އެބަޖެހޭ. މިއީ އަޅުގަނޑުމެން އުޅެންޖެހޭ ހާލަތަކީ. އަދި ގޯއްޗެއް އޮތް ކަމަށްވިޔަސް އެގޯއްޗަށް ނަރުދަމާއާއި ފެނުގެ ހިދްމަތް ފޯރުކޮށްދެވޭނެ ގޮތެއް ނެތް. އެހެންވީމާ މާލޭގެ ވާހަކަ ދައްކަނީ. އެއީ އެއްގޮތަކަށްވެސް މާލޭގެ ރައްޔިތުންނަށް ކުޑާމީސްކުރުމުގެ ގޮތުން ދައްކާ ވާހަކައެއް ނޫން. އަޅުގަނޑުމެންވެސް ގަބޫލު ކުރަން މާލޭގެ ރައްޔިތުންވެސް ދިރިއުޅެނީ ދަތިހާލުގަކަން
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
6%
72%
0%
2%
2%
17%
ކޮމެންޓް
ގުޅުންހުރި
މަޖިލިސް އިންތިޚާބާ ގުޅިގެން އެޕްރީލް 21 އަދި 22 އަކީ، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި
13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
އިސްރާއީލްގެ ހަމަލާއެއްގައި ޣައްޒާގެ ފުލުހުންގެ އޮޕަރޭޝަންތަކުގެ އިސްވެރިޔާ ޝަހީދުކޮށްލައިފި
ދިރާސީ އައު އަހަރު ބަދަލުކުރީ ފިސްކަލް އައު އަހަރާއި އެލައިންކޮށް އެއްގޮތްކުރުމަށް - މިނިސްޓަރު
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ
"ވ.ކެޔޮދޫ ސްކޫލްގެ 4 ބުރީގެ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާތާ 400އެއްހާ ދުވަހުގެތެރޭގައި އެ މަސައްކަތް ނިމޭނެ"
އުރީދޫ އާއި ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕާއެކު ކަސްޓަމަރުންނަށް ހާއްސަ އުމްރާ ދެ ދަތުރު ހޯދުމުގެ ފުރުސަތު!
ގިރާވަރުފަޅު ލޭންޑް ޔޫސް ޕްލޭނާގުޅޭ މަޝްވަރާއަށް ގޯތި ލިބުނު މީހުންނާ ބައްދަލުކުރަނީ