ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 17:29
މަޖިލިސް 2019
މަޖިލިސް 2019
މަޖިލިސް
މަޖިލިސް 2019
އިންކަމް ޓެކްސްގެ ބިލް ހުށަހަޅައިފި
 
މި ބިލް ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު

އަމިއްލަ ފަރުދުންނަށް ލިބޭ އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މި ބިލް ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ.

ބިލްގައި ބުނެފައިވާ ގޮތުގައި މަހެއްގެ މައްޗަށް 60،000ރ އާއި 100،000ރ ދެމެދުގެ އާމްދަނީއެއް ލިބޭ މީހެއްގެ އަތުން ޓެކްސްގެ ގޮތުގައި ނަގާނީ އާމްދަނީގެ 3.5 ޕަސެންޓެވެ. މަހެއްގެ މައްޗަށް 100،000ރ އާއި 150،000ރ އާދެމެދުގެ އާމްދަނީ ލިބޭ މީހެއްގެ އަތުން އާމްދަނީގެ 6.5 އިންސައްތަ ނެގުމަށް ނިންމާފައިވާއިރު 150،000ރ އާއި 200،000ރ އާދެމެދުގެ އާމްދަނީ ލިބޭ މީހެއްގެ އަތުން ނަގާނީ އާމްދަނީގެ 10 އިންސައްތައެވެ. އަދި 200،000ރ އަށްވުރެ މަތިން އާމްދަނީ ލިބޭ ކޮންމެ މީހެއްގެ އަތުން އާމްދަނީގެ 15 އިންސައްތަ ނެގުމަށް ވަނީ ނިންމާފައެވެ.

ޓެކްސް ނިޒާމު ތައާރަފުކުރީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އޭރު ފަރުދުންގެ އާމްދަނީ ޓެކްސް ނެގުމުގެ ގާނޫނު މަޖިލީހުން ފާހެއް ނުކުރެއެވެ.

އަމިއްލަ ފަރުދުންގެ އާމްދަނީން އިންކަމް ޓެކްސް ނެގުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް