ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 18:06
ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް
ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް
މަޖިލިސް
މަޖިލިސް 2019
ރަށްރަށުގެ ސަރަހައްދު ކަނޑައެޅުމާއި ރަށްރަށުގެ މުއްސަނދިކަން އެރަށަކަށް ލިބިދިނުމަށް ގޮވާލާ ގަރާރު ބަލައިގަނެ، ކޮމެޓީއަށް!
 
ގަރާރު ހުށައަޅާފައިވަނީ ލާމަޒުކަޒީ ބިލުގެ މަގުސަދުތައް ހާސިލްކޮށްފައިވަނީ
 
މި ގަރާރު މަޖިލީހުން ބަލައިގަތީ 64 މެމްބަރުންގެ ވޯޓައިއެކު

ރަށްރަށުގެ ސަރަހައްދު ކަނޑައެޅުމާއި ރަށްރަށުގެ މުއްސަނދިކަން އެރަށަކަށް ލިބިދިނުމަށް ގޮވާލާ ގަރާރު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ލާމަރުކަޒީ ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުވައިފިއެވެ.

ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ މި ގަރާރު މަޖިލީހުން ބަލައިގަތީ 64 މެމްބަރުންގެ ވޯޓައިއެކުއެވެ.

މި ގަރާރު ހުށަހަޅާފައިވަނީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން 8 އަހަރު ފާއިތުވެގެން ގޮސްފައިވާއިރު, އެ ގާނޫނުގެ މަގްސަދުތައް ހާސިލްވަމުން ނުދާތީއާއި އެ ގާނޫނުގެ ސަބަބުތައް ހޯދައި ދެނެގަތުމުގެ ބޭނުމުގައެވެ.

އަދި އެ ގާނޫނުގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބެންޖެހޭ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިއްބައިދެވޭނެ އުސޫލަކުން އެ ގާނޫނު ތަންފީޒު ކުރުމަށް އެޅިފައިވާ ހުރަސްތައް ނައްތާލަުންވެސް މި ގަރާރު ހުށަހެޅުނު ބޭނުން ތަކުގެތެރޭގައި ހިމެނެއެވެ.

މި ގަރާރަކީ ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން، އެ ގާނޫނަށް ގެނެވޭ އިސްލާހުތަކުގެ ޒަރީއާއިން ރަށްރަށުގެ ސަރަހައްދާއި ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމާއި އެކު ރަށްރަށުގެ ގުދުރަތީ މުއްސަނދިކަމާއި އުމްރާނީ ތަރައްގީގެ ވަސީލަތްތައް އެ ރަށަކަށް ލިބިދިނުމަށް ގޮވާލުމަށް ހުށެހެޅުނު ގަރާރެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް