ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 14:24
ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ
ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ
އެމްއެންޑީއެފް
ރާއްޖޭގެ މޫސުން
އައްޑުއަށް ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެންވަންނަމުންދާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
 
ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ
 
ހއ.އަތޮޅުން ޅ.އަތޮޅަށް ވައިޓް އެލާޓްނެރިފައި

ރާއްޖޭގެ އެންމެ ދެކުނުން އޮންނަ، އައްޑޫ ސިޓީ އަށް މިހާރު ކުރަމުންދާ ވިއްސާރަގައި ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެންވަންނަމުންދާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރާގައި ސ.ހިތަދޫ، ސ.މަރަދޫ، ފޭދޫގެ ބައެއް ގެތަކަށް ފެން ވަންނާތީ، އެގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސަދާން އޭރިއާގެ ސިފައިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރާގައި ހއ.އަތޮޅުން ޅ.އަތޮޅަށް ހެނދުނު 09:15 15:15 އަށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށާއި އުތުރާއި ދެކުނެގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުންް ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ ކަނޑުުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ.

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް