ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 13:32
ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ހަލީލް ރައީސުލް ޖުމްހޫރިއްޔާ އާއި ބައްދަލު ކުރައްވަނީ
ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ހަލީލް ރައީސުލް ޖުމްހޫރިއްޔާ އާއި ބައްދަލު ކުރައްވަނީ
ރައީސް އޮފީސް
އޯއައިސީ
އޯއައިސީގެ ސަފީރު ކަމަށް ޚަލީލަށް ރުހުންދިނުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފި
 
ސައުދީގެ ސަފީރު ކަމާއި ހަލީލް ހަވާލުވެ ވަޑއިގެންފައިވަނީ ޖޫންމަހު

އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މުހައްމަދު ޚަލީލް ހަމަޖެއްސުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފި އެވެ.

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ސަޢުދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް، އޯއައިސީ އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ރުހުންދިނުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމާފައިވަނީ އަންގާރަ ދުވަހު ބޭއްވި ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ސައުދީގެ ސަފީރު ކަމާއި ހަލީލް ހަވާލުވެ ވަޑައިގެންފައިވަނީ މި އަހަރުގެ ޖޫން މަހުއެވެ. ޚަލީލަކީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ މަޤާމާއި އެކްޓިން ހައިކޮމިޝަނަރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ޚަލީލް ވަނީ 1983 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކިފަންތީގެ މަޤާމުތައް ފުރުއްވާފައެވެ. މީގެއިތުރުން ޚަލީލު ވަނީ އިންޑިޔާގެ ޖަވާހަރްލާލް ނެހުރޫ ޔުނިވަރސިޓީން އެންވަޔަރަންމެންޓަލް ލޯވ އެންޑް ޕޮލިސީގެ ދާއިރާއިން ޑިޕްލޮމާ ހާސިލު ކުރައްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް