ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 13:36
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
ހައުސިންގް މިނިސްޓްރީ
މ.ކޮޅުފޮށި
ކޮޅުފުށީގައި ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
 
މިމަޝްރޫއަށް 75،772،086.00 ރުފިޔާ ހަރަދުވޭ
 
މިމަސައްކަތް ހަވާލުކުރީ 350 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

މުލަކަތޮޅު ކޮޅުފޮށީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 100 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިމަޝްރޫއުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް އަހުމަދު ވިޝާން ނަސީމެވެ. ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސަސް އާއި ޕީ.އީ.އެސް މެރިން ސަރވިސަސްގެ ފަރާތުން ސޮއިކުރެއްވީ ޕީ.ޑަބްލިއު ތިލަކަރަތްނަ (ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސަސްގެ މެނޭޖިންގ ޑިރެކްޓަރ) އަދި ޔޫސުފް ގާސިމް (ޕީ.އީ.އެސް މެރިން ސަރވިސަސްގެ މެނޭޖިން ޑިރެކްޓަރ) އެވެ.

ހައުސިން މިނިސްޓްރީން ބުނީ މިޔުނިޓްތައް އިމާރާތް ކުރެވޭނީ އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ 1100 އަކަފޫޓްގެ 100 ގޯތީގައި 3 ކޮޓަރިއާއި، 3 ފާހަނާ އަދި ސިޓިންރޫމާއި، ބަދިގެ އަދި ސްޓޯރޫމަކާއި ދޮންނަމެޝިން ބަހައްޓާ ތަނެއް ހިމެނޭ ގޮތަށެވެ.

މި މަސައްކަތް ހަވާލުކުރެވިފައިވަނީ ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސަސް އާއި ޕީ.އީ.އެސް މެރިން ސަރވިސް ޖޮއެންޓް ވެންޗަރ ކުންފުންޏާއެކު 350 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 75،772،086.00 (ހަތްދިހަ ފަސް މިލިއަން ހަތްލައްކަ ހަތްދިހަ ދެހާސް އައްޑިހަ ހަ) ރުފިޔާ އަށް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
89%
0%
0%
0%
11%
ކޮމެންޓް
15 އޮކްޓޯބަރ 2019 | އަންގާރަ 17:50
ނުބުނާނަން
މ. އަތޮޅުގަ އޮންނަނީ ކޮޅުފުށި ކިޔާރަށެއް... ކޮޅުފޮށި ކިޔާ ރަށެއް ނޯވެއެއްނު...
15 އޮކްޓޯބަރ 2019 | އަންގާރަ 13:52
ކޮބާ
ހަނިމާދޫގައި ކޮންދުވަހަކުންތޯ