އާދީއްތަ 05 ޖުލައި 2020
05 ފުނޯސް
1441 ޒުލްގައިދާ 14
ފަތިސް 04:40
އިރުއަރާ 05:58
މެންދުރު 12:14
އަސްރު 15:38
އިރުއޮއްސޭ 18:23
އިޝާ 19:41

"ރޯޅިކެފޭ" ގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

  • މިޙާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 09:53 ހާއިރު

ކ. މާލެ | 15 އޮކްޓޯބަރ 2019 | އަންގާރަ 13:01 | 6,152

- އެމްއެންޑީއެފް

މާލޭގެ މާވެޔޮމަގުގައި ހުންނަ ކެފޭ އެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯރސް ( އެމްއެންޑީއެފް) އިން މަޢުލޫމާތުދޭ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާލޭގެ މާވެޔޮ މަގުގައި ހުންނަ "ރޯޅި ކެފޭ" ނަމަކަށްކިޔާ ކެފޭގެ ބަދިދޭގައެވެ.

އެ ކެފޭގެ ބަދިގޭގައި ހުރި ގޭސްފުޅިއެއްގައި އަލިފާންރޯވެ ބަދިގޭގައި ހުޅުހިފި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެއިދާރާއަށް މިޙާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހެދުނު 09:53 އެހާކަށް ހާއިރުކަމަށާއި، ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމް އެތަނަށް ގޮސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާން ރޯވި ކެފޭ ހުންނަ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.