ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 11:46
ޖަޕާނުގެ މަނަވަރެއް
ޖަޕާނުގެ މަނަވަރެއް
އެމްއެންޑީއެފް
ޖަޕާނުގެ އަސްކަރިއްޔާ
ޖަޕާނު އަސްކަރިއްޔާގެ ދެ މަނަވަރެއް ރާއްޖެ އަތުވެއްޖެ
 
ކަނޑުމަތީގެ ތަމްރީން ތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައި

ރަހުމަތްތެރިކަމުގެ ދަތުރެއްގައި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯރސްގެ ދެ މަނަވަރެއް ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިމަހު 15 ން 18 އަށް ރާއްޖެ ޒިޔާރަތްކުރަމުންދާ ޖަޕާން އަސްކަރިއްޔާގެ ދެ މަނަވަރަކީ "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އާއި "ޖޭއެމްއެސްޑީއެފް ބުންގޯ" އެވެ.

އެމްއެންޑީއެފުން ބުނީ ޖަޕާން އަސްކަރިއްޔާގެ ދެ މަނަވަރު ރާއްޖެއަށް މި ކުރާ ޒިޔާރަތުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ކަނޑުމަތީގެ ތަމްރީނުތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އަސްކަރީ މަނަވަރުތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކުގެ ޑްރިލް ތަކާއި ފަޔަރ ފައިޓިންގގެ އިތުރުން ޑެމޭޖް ކޮންޓްރޯލް އާއި ނޭވަލް ޑްރިލްސް ހިމެނޭ ކަމަށެވެ.

އަންގާރަ ދުވަހު ހެނދުނު ރާއްޖެ އައި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ދެ މަނަވަރުގެ ތެރެއިން "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އަކީ ނޭވީ ޑިސްޓްރޯޔަރ ކްލާސްގެ މަނަވަރެކެވެ. އަދި "ޖޭއެމްއެސްޑީއެފް ބުންގޯ" އަކީ މައިން ކްލިއަރިންގ އަށް ބޭނުންކުރާ މަނަވަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް