ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 11:42
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
އެމްޑީޕީ
އެމްޑީޕީގެ ރައީސްގެ މަގާމަށް އަނެއްކާ ވެސް ރައީސް ނަޝީދު
 
ކުރިމަތިލައްވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ފޯމް ހުށައަޅަންޖެހޭ
 
އިންތިޚާބު އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ) ރައީސް ކަމުގެ މަގާމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

އެމްޑީޕީގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައިވާތީ މި ދެ މަގާމަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ ހޯމަ ދުވަހުއެވެ. އިންތިޚާބުތަކުގައި ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ހުރިހާ ލިޔެކިޔުންތަކާއެކު މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ޕާޓީ އަށް ފޯމް ހުށައެޅުމަށެވެ. އަދި މެއިލް މެދުވެރިކޮށްވެސް ފޯމު ހުށައެޅޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސްގެ ކަމަށް އިތުރު ދައުރަކަށް ކުރިމަތިލާން ނިންމަވާފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ އެންމެހައި މެމްބަރު ވޯޓު ދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ރައީސް ނަޝީދު ކުރިމަތިލައްވާނެ ކަމަށް އިއުލާންކުރުމާއެކު ގިނަ ބަޔަކު ގެންދަނީ އެމަނިކުފާނަށް ތާއީދުކުރަމުންނެވެ.

ރައީސް ނަޝީދު ފިޔަވައި އިތުރު ބޭފުޅަކު އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާންކޮށްފައިނުވާއިރު، މިހާތަނަށް އެ ޕާޓީގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ނައިބް ރައީސް ކަމުގެ މަގާމުގައި ފުރުއްވަމުން ގެންދެވީ، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް އެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބުނާގޮތުން ނަމަ އެޕާޓީގެ އެންމެ އިސްފަރާތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީކަމަށްވާ އެމްޑީޕީގައި ސެޕްޓެމްބަރު މަހުގެ 30 ގެ ނިޔަލަށް 53،590 މެމްބަރުން ރަޖިސްޓްރީ ވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް