ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 11:45
މަޖިލިސް 2019
މަޖިލިސް 2019
މަޖިލިސް
މަޖިލިސް 2019
މިނިމަމް ވޭޖް ކަނޑައެޅުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން މަޖިލީހަށް ގަރާރެއް
 
މި ގަރާރު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު

އެންމެ ކުޑަ މިނުން ދެވޭ އުޖޫރަ، މިނިމަމް ވޭޖް ކަނޑައެޅުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހްމަދެވެ.

މި ގަރާރު ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ ސަރުކާރުން މަސައްކަތްތެރީންނަށް ވެފައިވާ އެންމެ ބޮޑު ވައުދަކީ އެންމެ ކުޑަ މިނުން ދެވޭނެ އުޖޫރަ ޔަގީންވެފައި އޮތުން ކަމަށެވެ. އަދި ގާނޫނުން މަސައްކަތްތެރީންގެ ހައްގުތައް ހިމާޔަތް ވެފައި އޮތުން ކަމަށެވެ.

މެންބަރު ވިދާޅުވީ އެންމެ ކުޑަ މިނުން ދެވޭ އުޖޫރަ ކަނޑައަޅާނެ އުސޫލް ގާއިމު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެންމެ ކުޑަ މިނުން ދެވޭނެ އުޖޫރަ ކަނޑައަޅާނެ އުސޫލް ގާއިމު ކުރެވި، އެ އުސޫލާއި އެއްގޮތަށް އަދަދުތައް ކަނޑައެޅުމަކީ ބޭނުންތެރިކަމެއް. އެގޮތުން އެ އުސޫލް ކަނޑައަޅާ، ދާއިމީ ވަޒިފާތަކުގައި އާއި ވަގުތީ ވަޒީފާތަކުގައި މަސައްކަތް ކުރާ ބޭފުޅުންނަށް ވެސް އެންމެ ކުޑަ މިނުން ދެވެ އުޖޫރަ ކަނޑައެޅުމާއި، އެކި ސިނާއަތްތަކުގައި އެކި އަދަދު ކަނޑައެޅުން ނުވަތަ، ހުރިހާ ސިނާއަތަކަށް އެއް އަދަދެއް ކަނޑައެޅުމަކީ މުހިއްމުކަމެއް ކަމުގައި ފާހަގަކުރަން"

އަދި ކަނޑައަޅާ އުޖޫރަ ނުދޭ ފަރާތްތަކާއި މެދު އަމަލު ކުރާނެ ގޮތާއި ދެވޭނެ އަދަބުވެސް ކަނޑައަޅާފައި އޮތުމަކީ ބޭނުން ތެރިކަމެއް ކަމަށް ވެސް މެންބަރު އިސްމާއިލް ފާހަގަ ކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު އިތުރުވެ، އެކަށީގެންވާ އުޖޫރައަކާއި އެކު ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. އަދި ޚާއްސަކޮށް ވަޒީފާ ހޯދުމަށް މަސައްކަތް ކުރާ ޒުވާނުންނަށް ފުރުސަތު ތަނަވަސްވެގެން ދާނެ ކަމަށެވެ.

މެންބަރު ވިދާޅުވީ ދިވެހިންނަށް ވަޒީފާ ލިބުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިންސާނުން ގެންގުޅުމަށް އެކަށީގެން ނުވާ ތަންތަނުގައި ބިދޭސީން ގެންގުޅުން ކަމަށެވެ. އާދަޔާ ޚިލާފު ކުޑަ ކުޑަ އުޖޫރައެއްގައި އެމީހުން ލައްވާ މަސައްކަތް ކުރުވުން ކަމަށެވެ. އެގޮތުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ވިސްނުމަކީ ދިވެހި ޒުވާނުން ހުނަރުވެރި ކުރުމުގައި ރާއްޖޭގެ މަސައްކަތުގެ ބާޒާރުގައި ދިވެހިން ޝާމިލުވެއުޅުމުގެ ފުރުސަތު އެތައް ގުނައަކުން ބޮޑު ކުރުން ކަމަށެވެ. މެންބަރު ވިދާޅުވީ ވަޒީފާ އަދާ ކުރުމަށް ބޭނުންވާ ދިވެހިން ތިބިނަމަ އެ ވަޒީފާތަކަށް ބިދޭސީން ނުގެނެވޭނެ ގޮތަށް ލާޒިމު ކުރުން މުހިއްމު ކަމަށެވެ.

އެންމެ ކުޑަ މިނުން ދެވޭނެ އުޖޫރަ ގާނޫނުން ކަނޑައެޅުމަކީ އެމްޑީޕީގެ އެޖެންޑާ 19 ގައި ހިމެނޭ ވައުދެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް