ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 22:21
ޑެންމާކުގެ ބޮޑު ވަޒީރު މެތް ފްރެޑިކްސަން
ޑެންމާކުގެ ބޮޑު ވަޒީރު މެތް ފްރެޑިކްސަން
ޑެއިލީ އެކްސްޕްރެސް
ޑެންމާކު
ހަނގުރާމަ ތަކަށްދާ ޑެންމާކުގެ ރަށްވެހިން އަތުން ރައްޔިތުކަށް އަތުލަނީ!
 
ގިނަ ޕާޓީ ތަކެއްގެ ތާއިދު ވަނީ ލިބިފައި
 
ހަމައެކަނި ޑެންމާކުގެ ރަށްވެހިކަން އޮންނަ މީހުންނަށް ގާނޫނެއް ނުހިނގާ

ޓެރަރިސްޓު ޖަމާއަތްތައް ކަމަށްވާ އައިސްގެ އިތުރުން އެހެނިހެން ޖަމާއަތްތަކާއި ގުޅެން ހަނގުރާމަ އަށްދާ ޑެންމާކުގެ ރައްޔިތުކަން ލިބިފައިވާ އެހެން ގައުމުތަކުގެ މީހުންގެ އަތުން ރަށްވެހިކަން އަތުލެވޭ ގޮތަށް ގާނޫނު ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެފަދަ ބިލެއްގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައިވަނީ ޑެންމާކުގެ ބޮޑު ވަޒީރު މެތް ފްރެޑިކްސަން އެވެ.

ޔޫރަޕުން ދަނީ އައިއެސް ޖަމާއަތާއި ގުޅެންވެގެން ގޮސް ސީރިއާގެ ކޭމްޕް ތަކުގެ އިތުރުން އިރާގު ގައި ގޮތެއްނެތި ތިބި މީހުން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

ފްރެޑްރިކްސަން ނެެރެފައިވާ ބަޔާނެއްގައި އެކަމަނާ ވިދާޅުވެފައިވަނީ ، ބޯޑަރު ސަރަހައްދުގައި ހިންގަމުން އަންނަ ކުރުދީންގެ ކޭމްޕްތައް ރޫޅިއްޖެނަމަ ޑެންމާކުގެ ރަށްވެހިކަން ލިބިފައިވާ މީހުން އެ ގައުމާ ދިމާލަށް މިސްރާބު ޖެހުމުގެ ބިރު އެބައޮތް ކަމަށެވެ.

ކަމާއިބެހޭ ފަރާތްތަކުން އަންދާޒާ ކޮށްފައިވާ ގޮތުން 2012 ވަނަ އަހަރުން ފެށިގެން ޑެންމާކުގެ 158 މީހަކު ވަނީ ސީރިޔާ އާއި އިރާގުގެ އިސްލާމީ ހަރުކަށި ޖަމާއަތްތަކާއި ގުޅިފައެވެ. އޭގެ ތެރެއިން 27 ވަރަކަށް މީހުން ހަނގުރާމާ މައިދާނުގައި އުޅެމުންދާއިރު 12 މީހަކު ވަނީ ޖަލަށްލާފައެވެ. އެ 27 މީހުންނަކީ ޑެންމާކުގެ ރައްޔިތުންނަށްވާއިރު، އެތަނުން އެހެން ގައުމުގެ ރަށްވެހިކަން އޮންނަނީ ކިތައް މީހުންގެ ކަމެއް ސާފެއްނުވެއެވެ.

ތަފާތު ގިނަ ސިޔާސީ ޕާޓީތަކުގެ ތާއިދު ލިބިފައިވާ އެ ބިލު ގާނޫނަކަށްވުމުން، ކޯޓު އަމުރަކާއި ނުލާ ޑެންމާކުގެ ރަށްވެހިކަން ލިބިފައިވާ އެހެން ގައުމުތަކުުގެ މީހުން އަތުން ރަށްވެހިކަން އަތުލައިގަތުމުގެ ބާރު ސަރުކާރަށް ލިބިގެންދެއެވެ. އެހެން ނަމަވެސް ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ހަމަ އެކަނި ޑެންމާކުގެ ރަށްވެހިކަން އޮންނަ މީހުންނަށް އެ ގާނޫނެއް ނުހިގާނެއެވެ. ޔޫރަޕްގެ އެހެނިހެން ގައުމުތަކުންވެސް ވަނީ މިހާރު އެގޮތަށް އަމަލުކުރަން ފަށާފައެވެ.

ހަނގުރާމާ އަށް އަނބުރާ ގައުމަށް އަންނަ މީހުންގެ ސަބަބުން އާއްމުންގެ ތެރޭގައި ބިރުވެރިކަން އުފެދި، އެމީހުންނާއި ދެކޮޅަށް ހެކިހޯދަން އުދަގޫ ތަކެއް ދިމާވެ ޔޫރަޕްގެ ގައުމުތަކުގައި ހަމަލާތަކެއް ހިންގާފެނެ ކަމުގެ ބިރު އޮންނާތީވެ ގައުމުތަކުން ދަނީ އެކަމަށް ފާރަވެރިވެ ހުއްޓުވުމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް