ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 19:18
ބޮޑު ވަޒީރު ޖަސިންޑާ އާޑަން
ބޮޑު ވަޒީރު ޖަސިންޑާ އާޑަން
ރޮއިޓަރސް
ޖަސިންޑާ އާޑަން
ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުގެ މައްސަލަ ބަލަން ހާއްސަ ޔުނިޓެއް
 
ހަރުކަށި ފިކުރު ހުއްޓުވުމަށް މަަސައްކަތް ކޮށްދިނުމަށް ވަނީ ގޮވާލައްވާފައި

ނިއުޒިލޭންގައި އޮންލައިން މެދުވެރިކޮށް ''ހަރުކަށި'' ފިކުރުތައް ފަތުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ ގޮތުން އެފަދަ މައްސަލަތައް ބަލަން ވަކިން ހާއްސަ ޓީމެއް އެކުލައިވައިލާން ނިންމާފައިވާ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑެން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ މާޗް މަހު ކްރައިސްޓްޗާޗްގެ މިސްކިތަކަށް ހަރުކަށި މީހަކު ފޭސްބުކް އިން ލައިވް ކޮށްގެން ދިން ހަމަލާ އަށް ފަހު ޖަސިންޑާ ވަނީ، ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާއި މެދު ޓެކްނޮލޮޖީ ކުންފުނިތަކުން އަވަސް ފިޔަވަޅު އެޅުމަށް ގޮވާލަފައެވެ.

އެކަމަނާ ވިދާޅުވެފައިވާ ގޮތުން، ދެ މިސްކިތަށް އަމާޒުކޮށް ދިން ހަމަލާއިން ދައްކުވައިދެނީ އޮންލައިން މެދުވެރިކޮށް ފަތުރަމުންދާ ކަންތައްތަކާއި ދެކޮޅަށް ސަރުކާރުގެ ސިޔާސަތު އިތުރަށް ހަރުދަނާ ކުރަން ޖެހޭކަން ކަމަށެވެ.

އާޑެން ވިދާޅުވީ، ހަރުކަށި ފިކުރުތައް ފެތުރުމަށް މަސައްކަތް ކުރާ މީހުންގެ މައްސަލަ ތަހުގީގު ކުރަން 17 ސްޕެޝަލިސްޓުން ނަގަން ހަމަޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮންއިރަކު ކަމެއް ވިދާޅެއް ނުވެއެވެ.

ކްރައިސްޓްޗާޗްގެ ހަމަލާދިން ތަނާއި 24 ގަޑިއިރު ތެރޭގައި އެ ހަމަލާދިން ކަމަށް ބުނާ ދޮން ނަސްލުގެ މީހާ ހަމާލާދޭން ފޭސްބުކް މެދުވެރިކޮށް ސްޓްރީމް ކުރި 1.5 މިލިއަން ޕޯސްޓުތައް ވަނީ ފޭސްބުކްއިން ނަގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް