ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 19:44
ޑައިރެކްޓަރު އަމްޖޭ
ޑައިރެކްޓަރު އަމްޖޭ
ފޭސްބުކް
ހަނާ
"ހަނާ"ގެ ޝޫޓިންއަށް ކާސްޓާއި ކުރޫ މާދަމާ ފުރަނީ!
 
ސީނިއާ ތަރިންގެ އިތުރުން އާ ތަރިން ފެންނާނެ
 
ޝޫޓް ކުރަނީ މާމިނގިލީގައި

ހުސައިން މުނައްވަރު ޕްރޮޑިއުސްކޮށް އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރަން ނިންމާފައިވާ ޑްރާމާ ސިލްސިލާ "ހަނާ"ގެ ޝޫޓިން އަށް އަންގާރަ ދުވަހު ފުރާނެ ކަމަށް ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން އަމްޖޭ ބުނީ، ޑްރާމާގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ އދ. މާމިނގިލީގައި ކަމަށެވެ. އޭނާ ބުނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ބައެއް ތަރިންނާއެކު އެރަށަށް ދާނެ ކަމަށެވެ.

ފަނަރަ ދުވަހުގެ ތެރޭގައި މަންޒަރުތައް ނަގަން ޓާގެޓް ކޮށްގެން ފަށަން އުޅޭ "ހަނާ" އަކީ ތިނެސްކަން ލޯބީގެ ޑްރާމާއެކެވެ. އެއީ އައިމިނަތު ރިޒާނާ ގެ ވާހަކައެއްގެ މައްޗަށް ހަދާ ޑްރާމާ އެކެވެ.

އިތުރަށް ވާހަކަ ދައްކަމުން އަމްޖޭ ބުނީ، "ހަނާ" އިން ފިލްމީ ދާއިރާގެ ސީނިއަރ ތަރިންގެ އިތުރުން އައު ތަރިންވެސް ފެންނާނެ ކަމަށެވެ. އޭގެ ތެރޭގައި ޝީލާ ނަޖީބް، ޒީނަތު އައްބާސް، ދޮން އައްޔަ، ނޫރާ، ޝަމީލް، ނިޝާ އަދި ޖިމީ ފަދަ ތަރިންގެ އެކްޓިން ފެންނާނެ ކަމަށް އަމްޖޭ ބުންޏެވެ.

ބިރުވެރި އަދި ލޯބީގެ އެތައް ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ އަމްޖޭގެ "ހަނާ" ބެލުންތެރިންނާ ހަމަޔަށް އަންނާނީ ކޮން އިރަކު ކަމެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. އަމްޖޭ ވަނީ މިދިޔަ ރޯދަ މަހު ބައިސްކޯފަށް "ޝްޝްޝް..." ކިޔާ ބިރުވެރި ޑްރާމާއެއް ވެސް ހަދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
50%
0%
0%
0%
ކޮމެންޓް