ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 10:55
ހަގިބިސް ތޫފާންގައި ޖަޕާނުގެ ގެތަކެއް ވެއްޓިފަ
ހަގިބިސް ތޫފާންގައި ޖަޕާނުގެ ގެތަކެއް ވެއްޓިފަ
ގޫގުލް
ޖަޕާން
ހަގިބިސް ތޫފާނުގައި ޖަޕާނުން 35 މީހުން މަރުވެއްޖެ
 
27000 ސިފައިން އަންނަނީ ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން
 
ތޫފާންގައި ހަތަރު ލައްކަ އަށް ވުރެ ގިނައި ކަރަންޓް ކެނޑުން

ހަގިބިސްގެ ނަމުން ނަން ދީފައިވާ ތޫފާނުގައި ޖަޕާނަށް ކުރިމަތިވި ތަފާތު އެކި ޙަދިސާތަކުގައި މަރުވި މީހުންގެ އަދަދު 35 އަށް އަރައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ތޫފާނުގައި 17 މީހުން ގެއްލި 166 މީހުންނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ވެފައެވެ. ތޫފާން ހަގިބިސް ޖަޕާނުގެ ހޮންޝޫއަށް އަރާފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ހޮންޝޫއަށް އަރާފައިވާ ހަގިބިސް ތޫފާންގައި ގާތްގަނޑަކަށް 400000 ގެއިން ވަނީ ކަރަންޓް ވެސް ކެނޑިފައެވެ.

އެ ތޫފާނުގައި އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ނަގަނޯ އާއި ޓޯކިޔޯ އަށެވެ. ޓޯކިޔޯގެ އެތައް ސަރަހަދެއްގައި ފެން ބޮޑުވެފައިވާއިރު ނަގަނޯގެ ކޯރުތައް ފުރިގެން ބަންޑުން ގޮސް އެ ސިޓީގެ ގެތަކުގެ ދެވަނަ ފަންގިފިލާއާ ހަމަޔަށް ފެންގަނޑު އަރާ ކަމަށް ވެސް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ހަގިބިސް ތޫފާނުގައި ގަޑިއަކު 144 ކިލޯމީޓަރުގެ ބާރު މިނުގައ ވައިޖެހުނު އިރު ފާއިތުވެދިޔަ 24 ގަޑި އިރުގެ ތެރޭގައި ޓޯކިޔޯއަށް އެކަނިވެސް 939.5 ކިލޯމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

ފެންބޮޑުވެފައިވާ ސަރަހައްދު ތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށާއި ސަލާމަތީކަންކަން ވަރުގަދަ ކުރުމަށް ޖަޕާނުގެ އަސްކަރިއްޔާގެ 27000 ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ތޫފާން ހަގިބިސްއާ ގުޅިގެން އެ ގައުމުގައި މިހާރު ކުރިޔަށްދާ ރަގްބީ ވަރލްޑް ކަޕްގެ ދެ މެޗެއް ކެންސަލް ކޮށްފައިވާ އިރު، ޖަޕަނީސް ގްރޯން ޕްރީ ވެސް ވަނީ ފަސްކޮށްފައެވެ. އަދި ވެރިރަށް ޓޯކިޔޯ ސަރަހައްދުގެ ވައިގެ ދެ ބަނދަރެއްގެ، އެތެރޭގެ އުދުހުންތައް ވަނީ މެދު ކަނޑާލާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް
22 އޮކްޓޯބަރ 2019 | އަންގާރަ 15:03
ވަހު އެވެރިންސަލާމަތްވީ
ސަލާންޖެހުން އެބަޖެހޭ ހުއްޓަން، މާތާހިރުކަމެއްނޫންތީކީ، އިހައްދުވަހު އެވެރިންސަލާމަތްވީ ބޮޑު ތޫފާނަކުން!