ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 05:13
ޅ. ނައިފަރު ރަސްމީ ފުޓުބޯޅަ ދަނޑު
ޅ. ނައިފަރު ރަސްމީ ފުޓުބޯޅަ ދަނޑު
ކިޔުންތެރިޔެއް
ޅ. ނައިފަރު
ނައިފަރު ފުޓުބޯޅަ ދަނޑުގެ ވިނަގަނޑުގައި ޖަމިއްޔާއެއްގެ ނަން ޖެހި މައްސަލައެއް ޔޫތު މިނިސްޓްރީއަށް ހުށަހަޅައިފި
 
ދަނޑުގެ ވިނަގަނޑުގައި ޖަހާފައިވަނީ އެފްއެޗް ފައުންޑޭޝަން ކިޔާ ޖަމިއްޔާއެއްގެ ނަން

ޅ. ނައިފަރު ރަސްމީ ފުޓުބޯޅަ ދަނޑުގެ ވިނަގަނޑުގައި އެފް.އެޗް ފައުންޑޭޝަން ކިޔާ ޖަމިއްޔާއެއްގެ ނަން ޖެހި މައްސަލައެއް ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާއިން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓަށް ހުށަހަޅައިފިއެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފަށް އެޑްރެސް ކުރައްވައި ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް ސޮއިކުރައްވައި ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ނައިފަރު ކައުންސިލް އަދި ކަމާގުޅޭ އެއްވެސް ފަރާތެއްގެ ހުއްދަ ނެގުމަކާ ނުލައި ނައިފަރު ރަސްމީ ބޯޅަ ދަނޑުގެ ވިނަގަނޑު ކަނޑައިގެން ބޮޑު އަކުރުން އެފްއެޗް ފައުންޑޭޝަން ކިޔާ ޖަމިއްޔާއެއްގެ ނަން ޖެހި މައްސަލަ ބަލައި ފިޔަވަޅު އަޅައި ދިނުމަށް އެދޭ ކަމަށެވެ.

ކާރިމް ވިދާޅުވީ، ނައިފަރު ފުޓުބޯޅަ ދަނޑުގައި ކާރޕެޓް އެޅުމަށް ހުރިހާ ހަރަދެއް ކޮށްފައިވަނީ ޅ.ކަނުހުރާ ރިސޯޓުގެ މެނޭޖްމަންޓްގެ ފަރާތުން ރައްޔިތުންނަށް ދެއްވި ހަދިޔާއެއްގެ ގޮތުގައި ކަމަށާއި، އެކަން އެފަރާތުން އޭރު ހާމަވެސް ކުރި ކަމަށެވެ.

އެގޮތުން ކާރިމް ވިދާޅުވީ، ކޮންޓްރެކްޓް އުސޫލުން ނައިފަރު ދަނޑުގައި ކާރޕެޓް އެޅުމަށް އޭރު ހަވާލުވީ އެފް އެޗް ފައުންޑޭޝަނުން ކަމަށާއި، އެ ޖަމިއްޔާއިން ދަނޑުގައި ކާރޕެޓް އެޅުމަށްފަހު ބާކީވި ކާރޕެޓްތައް ކައުންސިލާ ހަވާލުވެސް ކޮށްފައިނުވާ ކަމަށެވެ. އަދި އެ ކާރޕެޓްތައް އެ ޖަމިއްޔާގެ ބައިވެރިން ނައިފަރުގައި ހިންގާ ރެސްޓޯރެންޓެއްގެ ގޯތި ތެރޭގައި އަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ކާރިމް ވިދާޅުވިއެވެ.

ކާރިމް ވިދާޅުވީ، ނައިފަރު ފުޓުބޯޅަ ދަނޑުގެ ފަސްގަނޑު ލެވެލްކޮށް، ލައިޓްތަކާއެކު މަސައްކަތް ކޮށްފައިވަނީ ޔޫތު މިނިސްޓްރީން ބަޔަކާ ހަވާލުކޮށް އޮންނަ އުސޫލުގެ ތެރެއިންނެވެ.

މީގެއިތުރުން ނިމިދިޔަ ސަރުކާރުން ނައިފަރުގައި 44 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކޮންޓްރެކްޓް އުސޫލުން ބަޔަކާއި ހަވާލުކޮށްގެން އެޅި ހަ ބުރީގެ ހޮސްޕިޓަލް އިމާރާތުގައި ކޮންޓްރެކްޓަރުގެ ނަން އަޅާފައިނުވާކަންވެސް ކާރިމް ފާހަގަކުރެއްވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
19%
22%
0%
8%
43%
8%
ކޮމެންޓް