ކ. މާލެ
|
13 އޮކްޓޯބަރ 2019 | އާދީއްތަ 19:51
ފެނާންޑީނިއޯ
ފެނާންޑީނިއޯ
ރޮއިޓަރސް
ފެނާންޑީނިއޯ
ފެނާންޑީނިއޯއަށް ސިޓީން އާ އެއްބަސްވުމެއް ހުށަހަޅަނީ
 
ސިޓީއާއެކު ފެނާންޑީނިއޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ މި ސީޒަނަށްފަހު

މެންޗެސްޓަރ ސިޓީން އެ ކްލަބަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފިލްޑަރ ފެނާންޑީނިއޯއަށް އާ އެއްބަސްވުމެއް ހުށަހަޅަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ ސަން އިން ބުނީ، ސިޓީއާއެކު ފެނާންޑީނިއޯ ހަދާފައިވާ އެއްބަސްވުން ނިމުމަކާ ކައިރިވަމުން އަންނައިރު އޭނާގެ އެއްބަސްވުން އާކުރަން އެ ކްލަބުން ބޭނުންވާ ކަމަށާއި، އެ ކަމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ތަޖުރިބާކާރު މިޑްފިލްޑަރ ފެނާންޑީނިއޯއަށް އިތުރު މުއްދަތެއް ދިނުމަށް ނިންމާފައިވަނީ ކޯޗު ޕެޕް ގާޑިއޯލާއެވެ. އަދި ފެނާންޑީނިއޯ ކްލަބުގައި ބަހައްޓަން ގާޑިއޯލާ ބޭނުންވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 34 އަހަރުގެ ފެނާންޑީނިއޯ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާއިރު، އެއްބަސްވުން އާނުކުރާނަމަ ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި އެހެން ކްލަބްތަކާ މަޝްވަރާ ކުރުމުގެ ފުރުސަތު އޭނާއަށް އޮންނާނެއެވެ.

ޝަހްތަރު ޑޮނެސްކް އިން 2005 ވަނަ އަހަރު ކެރިޔަރު ފެށި ފެނާންޑީނިއޯ ވަނީ އެ ކްލަބަށް ކުޅުނު 284 މެޗުގައި 53 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ހަ ލީގު ތަށި، ހަތަރު ޔުކްރޭން ކަޕް، ތިން ޔުކްރޭން ސުޕަކަޕް އަދި އެއް ޔުއެފާ ކަޕް ކާމިޔާބުކޮށްފައެވެ.

ސިޓީއަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވެ މިހާތަނަށް ކުޅުނު 270 މެޗުގައި 23 ލަނޑު ފެނާންޑީނިއޯ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ އެ ކްލަބާއެކު ތިން ޕްރިމިއާ ލީގު، ހަތަރު ލީގު ކަޕް އަދި އެއް އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

ބްރެޒިލްއާއެކު ކޮޕަ އެމެރިކާ ކާމިޔާބުކޮށްފައިވާ ފެނާންޑީނިއޯ ވަނީ 20 އަހަރުން ދަށުގެ ޓީމާއެކު ފީފާ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 53 މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް