ކ. މާލެ
|
13 އޮކްޓޯބަރ 2019 | އާދީއްތަ 19:54
އިވާން ރަކިޓިޗް
އިވާން ރަކިޓިޗް
ގެޓީ އިމޭޖަސް
އިވާން ރަކިޓިޗް
ޖެނުއަރީ ޓްރާންސްފާގައި ބާސާއިން ރަކިޓިޗް ވިއްކާލަނީ
 
ރަކިޓިޗް ބާސާއާއެކު ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު

ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާއިން އެ ކްލަބަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފިލްޑަރ އިވާން ރަކިޓިޗް ވިއްކާލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 31 އަހަރުގެ ރަކިޓިޗް ހޯދުމަށް ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނައިރު، އޭނާ ހޯދުމަށް ޕްރިމިއާ ލީގު އަދި ސްޕެއިންގެ ކްލަބްތަކުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރަކިޓިޗް ބާސާއާއެކު ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާއިރު، އޭނާގެ ރިލީޒް ފީއަކީ 125 މިލިއަން ޔޫރޯއެވެ.

ބަސެލް އިން ސީނިއާ ކެރިޔަރު ފެށި ރަކިޓިޗް ވަނީ ޝާލްކޭ އާއި ސެވިއްޔާ އަށް ވެސް ކުޅެފައެވެ. އޭނާ ބާސާ އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ.

އެގޮތުން ރަކިޓިޗް ވަނީ މިހާތަނަށް ބާސާ އަށް ކުޅުނު 274 މެޗުގައި 35 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ބާސާއާ އެކު ސްޕެނިޝް ލަލީގާ ތިން ފަހަރު، ކޮޕަޑެލްރޭ ހަތަރު ފަހަރު، ސްޕެނިޝް ސުޕަ ކަޕް ދެފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއްފަހަރު، ޔުއެފާ ސުޕަ ކަޕް އެއް ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

ކްރޮއޭޝިއާ ގައުމީ ޓީމާއެކު މިދިޔަ އަހަރު ނިމުނު ފީފާ ވޯލްޑް ކަޕްގެ ދެވަނަ ހޯދި ރަކިޓިޗް ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 105 މެޗުގައި 15 ލަނޑު ކާމިޔާބު ކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
67%
33%
0%
0%
0%
ކޮމެންޓް