ކ. މާލެ
|
13 އޮކްޓޯބަރ 2019 | އާދީއްތަ 19:49
ގައުމީ 16 އަހަރުން ދަށުގެ ޓީމު
ގައުމީ 16 އަހަރުން ދަށުގެ ޓީމު
އެފްއޭއެމް
ޔުއެފާ އެސިސްޓް މުބާރާތް
ޔުއެފާ އެސިސްޓް މުބާރާތުގައި ބައިވެރިވުމަށް 16 އަހަރުން ދަށުގެ ޓީމު ބަންގްލަދޭޝްއަށް ފުރައިފި
 
މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ބަންގްލަދޭޝް، ކެމްބޯޑިއާ އަދި ފެރޯ އައިލޭންޑްސް

ބަންގްލަދޭޝްގައި އަންނަ ބުދަ ދުވަހު ފަށާ 16 އަހަރުން ދަށުގެ "ޔުއެފާ އެސިސްޓް ޑިވެލޮޕްމެންޓް ޓޯނަމަންޓް" ގައި ބައިވެރިވުމަށް ގައުމީ 16 އަހަރުން ދަށުގެ ފިރިހެން ފުޓުބޯޅަ ޓީމު އެ ގައުމަށް ފުރައިފިއެވެ.

ޒުވާން ޓީމު ބަންގްލަދޭޝްއަށް ފުރާފައިވަނީ އާދީއްތަ ދުވަހުއެވެ.

މުބާރާތާ ބެހޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ނިޒާމްބެ ބުނީ، ނިމިދިޔަ އޭއެފްސީ ކޮލިފައިން އާއި ގަތަރުގައި ކުރިޔަށްދިޔަ ފޯ ނޭޝަންސް ޓޯނަމަންޓަށްފަހު ޓީމަށް ކުރިއެރުންތަކެއް އައިސްފައިވާ ކަމަށާއި، ބަންގްލަދޭޝްގައި ބާއްވާ މުބާރާތުން ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އެގޮތުން ނިޒާމްބެ ބުނީ، އޭއެފްސީ ކޮލިފައިންއަށްފަހު މަދު ދުވަސްކޮޅު ތެރޭގައި މުބާރާތަށް ރަނގަޅަށް ޓީމަށް ތައްޔާރުވެވިފައިވާ ކަމަށާއި، ޓީމަށް ނެގި އާ ކުޅުންތެރިންވެސް ޓީމަށް ހޭނިފައިވާ ކަމަށެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ކެމްބޯޑިއާ އާއި ބަންގްލަދޭޝް އަދި ފެރޯ އައިލޭންޑްސް ވާދަކުރާއިރު، ނިޒާމްބެ ބުނީ ރާއްޖެއަށް މުބާރާތުގައި އެންމެ ބޮޑު ޗެލެންޖަކަށް ވާނީ ފެރޯ އައިލޭންޑްސް ކަމަށާއި، އެޓީމަކީ ވަރަށް އޯގަނައިޒް އަދި ޓެކްނިކަލީ ގޮތުން ބަލާއިރު ވަރުގަދަ ޓީމެއް ކަމަށްވެސް ނިޒާމްބެ ބުނިއެވެ.

ނަމަވެސް ނިޒާމްބެ ބުނީ، އައްޑޫގައި ކުރިޔަށްދިޔަ ޔުއެފާ ފޯ ނޭޝަންސް ޓޯނަމަންޓްގައި ވާދަކުރި ލެޓްވިއާ އަށްވުރެ ފެރޯ އައިލޭންޑްސް ވަރުގަދަވާނެ ކަމަށް ނުބެލެވޭ ކަމަށާއި، އެޓީމާ ދެކޮޅަށް ރާއްޖެއިން ރަނގަޅު ފައިޓެއް ދޭނެ ކަމަށެވެ.

މި މުބާރާތް ކުރިޔަށްދާނީ ބުދަ ދުވަހުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޑާކާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް