ކ. މާލެ
|
13 އޮކްޓޯބަރ 2019 | އާދީއްތަ 18:55
ސްކައި އިޒް ޕިންކްގެ ޕޯސްޓަރު
ސްކައި އިޒް ޕިންކްގެ ޕޯސްޓަރު
ހިންދުސްތާނީ ޓައިމްސް
ސްކައި އިޒް ފިިންކް
ޕްރިޔަންކާގެ ''ދަ ސްކައި އިޒް ޕިންކް'' ގެ ފެށުން ދަށް
 
އާމްދަނީ ދަށްވީ ''ވޯ'' އާއި ދިމާކޮށް ނެރުމުން
 
ފުރަތަމަ ދުވަހުން ލިބުނީ ދެ ކްރޯޑް

ވަރުގަދަ ޕްރޮމޯޝަނަށް ފަހުވެސް ޕްރިޔަންކާގެ އިތުރުން ފަރްޚާން އަޚްތަރު، ޒާރާ ވާސިމް އަދި ރޯހިތް ސަރަފް ފެނިގެންދާ '' ދަ ސްކައި އިޒް ޕިންކް'' ގެ ފެށުން ރަނގަޅެއް ނުވިއެވެ.

ހުކުރު ދުވަހު ނެރުނު ފިލްމު ފުރަތަމަ ދުވަހުން ލިބިފައިވަނީ ދެ ކްރޯޑެވެ. ހޮނިހރު ދުވަހު ލިބުނު އާމްދަނީއާ އެކު ފިލްމަށް ދެ ދުވަހުގެ ތެރޭގައި ލިބިފައިވަނީ 6.50 ކްރޯޑެވެ. ބޮކްސް އޮފީސް ރިޕޯޓްތައް ބުނާ ގޮތުން 60 ޕަސެންޓުގެ ކުރިއެރުމެއް ފިލްމަށް ލިބުނަސް ފުރަތަމަ ދުވަހު ލިބުނު އަދަދަކީ ޕްރިޔަންކާގެ ފިލްމު ''ގަންގާޖަލް'' އަށް ލިބުނު ވަރަށްވުރެ ވެސް ކުޑަ އާމްދަނީއެކެވެ.

ޓްރޭޑް އެނަލިސްޓުން ބުނާ ގޮތުން ފިލްމުގެ އާމްދަނީ އެހާ ދަށްވެގެން ދިޔައީ، ރިތިކް އާއި ޓައިގާ ޝްރޯފް ހަރަކާތްތެރިވާ ''ވޯ'' އާއި ދިމާކޮށް ފިލްމު ނެރުމުންނެވެ.

ޕްރިޔަންކާ ބުނެފައިވަނީ އެ ފިލްމަކީ ތަފާތު އެކި ގޮތް ގޮތުން އޭނާއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށެވެ. އެގޮތުން އެއީ އޭނާ ދައްކަން ބޭނުންވެފައިވާ ހަގީގީ ހާދިސާއެއްގެ ވާހަކަ ކަމަށާއި އޭނާގެ ދިރިއުޅުމުގެ ވާހަކަ އެފިލްމުން ފެނިގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް