ކ. މާލެ
|
13 އޮކްޓޯބަރ 2019 | އާދީއްތަ 17:42
އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ވަނީ ރާއްޖެއަށް ފިޔާ އެތެރެ ކުރަން ފަށާފައި
އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ވަނީ ރާއްޖެއަށް ފިޔާ އެތެރެ ކުރަން ފަށާފައި
މުހައްމަދު ޝަރުހާން
ފިޔާ
މެދުކެނޑުމަށްކަށްފަހު އަނެއްކާވެސް ރާއްޖެއަށް ފިޔާ އެތެރެ ކުރަން ފަށައިފި
 
އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ވަނީ ރާއްޖެއަށް ފިޔާ އެތެރެ ކުރަން ފަށާފަ

މެދުކެނޑުމަށްކަށްފަހު އަނެއްކާވެސް އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެ ކުރަން ފަށައިފިއެވެ.

ފާއިތުވެ ދިޔަ ހަފްތާތަކުގެ ތެރޭގައި ރާއްޖެއަށް ފިޔާ އެތެރެކުރުމުގައި މެދުކެނޑުމެއް އައި ނަމަވެސް އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ވަނީ، އަލުން ރާއްޖެއަށް ފިޔާ އެތެރެ ކުރަން ފަށާފައެވެ.

ދެކުނު އޭޝިޔާ ގައުމުތަކަށް ފިޔާ ބޭރު ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ. ދެކުނު އޭޝިއާގެ ގައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން އިންޑިއާ އިން ހުއްޓާލި ނަމަވެސް އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނޭ ކަމަށް މީގެ ކުރިން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުޙައްމަދު ވެސް ވަނީ ވިދާޅުވެފައެވެ.

އިންޑިއާ ސަރުކާރުން މިގޮތަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެެއްވި ރަސްމީ ދަތުރުފުޅުގައި އަސާސީ ބޭނުމަށް އެތެރެކުރާ ތަކެތި ފޮރުކޮށްދިނުމަށް ވެވުނު އެއްބަސްވުމުގެ ދަށުންނެވެ. އަސާސީ ބޭނުމަށް ރާއްޖެ އެތެރެ ކުރާ ތަކެތީގެ ތެރޭގައި ފިޔާ އަދި ކޮންސްޓްރަކްޝަން އަށް ބޭނުން ކުރާ ވެލި ހިމެނެއެވެ.

ފިޔާގެ އަގު ބޮޑުވެފައި މިވަނީ އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދަނޑުތައް ހަލާކުވެ ބޭނުންވާ ވަރަށް ފިޔާ ނުއުފެއްދޭތީއެވެ.

އިންޑިއާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ބާޒާރަށް ފިޔާ ނެރެވޭ މިންވަރު ވަރަށް ބޮޑަށް މަދުވެ، ފިޔަލުގެ އަގު ވަނީ ބޮޑުވެފައެވެ. ވެރިރަށް ނިއު ދިއްލީއާއި، ވިޔަފާރި މަރުކަޒީރަށް މުމްބާއީގެ ބާޒާރުގައި ފިޔާ ކިލޯއެއް ވިއްކަމުންދަނީ 80-70 ރުޕީސްއާ ދެމެދުގެ އަގެއްގައެވެ. މިއީ އާއްމުކޮށް ލިބޭ އަގަށްވުރެ ބޮޑު އަދަދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
14%
14%
43%
29%
0%
0%
ކޮމެންޓް