ކ. މާލެ
|
13 އޮކްޓޯބަރ 2019 | އާދީއްތަ 11:30
އައްޑޫގައި ފެންބޮޑުވުފައި
އައްޑޫގައި ފެންބޮޑުވުފައި
އެމްއެންޑީއެފް
މޫސުމް
އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރަ :7 ފަރާތަކަށް ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދީފައިވޭ
 
މިހާތަނަށް 2 ފަރާތަކުން ވަނީ ފެންބޮޑުވުމުގެ ސަބަބުން އަމިއްލައަށް ބަދަލުވެފައި

ރާއްޖޭގެ އެންމެ ދެކުނުން އޮންނަ، އައްޑޫ ސިޓީ އަށް މިހާރު ކުރަމުންދާ ވިއްސާރަގައި މިހާތަނަށް 7 ފަރާތަަކަށް ވަގުތީ ބޯހިޔާވެހިކަން ފޯރުކޯށްދީފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސޯދިގު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މޭޔަރ ވިދާޅުވީ، ބައެއް ސަރަހައްދުތަކުގައި ފެން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ދާ ކަމަށާއި ގޭގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 2 ފަރާތަކުން އަމިއްލައަށް އެހެން ތަނަކަށް ބަދަލުވެފައިވާކަމަށެވެ. އަދި ކައުންސިލްގެ އެހީތެރިކަމާއެކު، 7 ފަރާތަކަށް ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ފޯރުކޮށްދީފައިވަނީ އެ އަތޮޅުގެ އެންމެ ބޮޑު ރަށް ކަމަށްވާ ހިތަދޫގެ 44 ގެއަށާއި، މަރަދޫގެ ހަތަރު ގެ، މަރަދޫ-ފޭދޫ 12 ގެއަށާއި، ފޭދޫ 43 ގެއެއް އަދި ހުޅުދޫ 10 ގެއެއްގެ އިތުރުން މީދޫ 27 ގެއަކަށެވެ. ފުލުހުން ބުނީ، މިހާތަނަށް އެހީތެރިކަމަށް އެދިފައިވާ ގެތަކުގެ ތެރެއިން 28 ގެއަކަށް އެހީތެރިކަން އަދި ފޯރުކޮށްދެވިފައިނުވާ ކަމަށާއި، އެހެން ނަމަވެސް ފުލުހުން ދަނީ އެ ގެތަކަށް އަވަދިނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ނޭޝަނަލް ޑީޒާސްޓަރ މެނޭޖްމަންޓް އެތޯރިޓީން އަންނަނީ ކައުންސިލާއި ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން ، ގެއްލުންވި ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
100%
0%
0%
0%
ކޮމެންޓް
13 އޮކްޓޯބަރ 2019 | އާދީއްތަ 20:54
ދަންމާނުވާގަނޑު ކަރުގައި
ދަންމާނުވާގަނޑު ކަރުގައި އެޅުނީމަވެސް މާލެއިން ވާގަނޑު ބުރިކުރާނެސާމާނު ގެންނަންދެން ތިބޭނީތަ ނޫނީ އެވަސީލަތްތައް ގާއިމުކުރާނީތަ!