ކ. މާލެ
|
13 އޮކްޓޯބަރ 2019 | އާދީއްތަ 11:26
ސީލައިފްގެ މައްސަލަ އޭސީސީއަށް ހުށަހެޅުން
ސީލައިފްގެ މައްސަލަ އޭސީސީއަށް ހުށަހެޅުން
ދާނިޝް ނިޡާމް
އޭސީސީ
ޔާމީންގެ އެކައުންޓަށް ސީލައިފުން 15000 ޑޮލަރު ޖަމާކުރި މައްސަލަ އޭސީސީން ބަލަން ފަށައިފި
 
ސީލައިފްގެ މައްސަލަ ފުލުހުން އަދި އޭސީސީންވެސް އަންނަނީ ތަަހުގީގުކުރަމުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެކައުންޓަށް ސީލައިފުން 15،000 ޑޮލަރު ޖަމާާކުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އޭސީސީން ބުނެފައިވަނީ ފްލެޓް އެޅުމަށް ކަމަށްބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ ސީލައިފުން ޔާމީންގެ އެކައުންޓަށް 2014 ވަނަ އަަހަރުގެ މާޗުމަހުގެ ތެރޭގައި 15،000 ޑޮލަރު ޖަމާކޮށްދީފައިވާ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކުރަމުން ދާކަމަށެެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއްް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

ސީލައިފް ގްލޯބަލް އަށް ހުޅުމާލޭގައި ގިނަ އަދަދެއްގެ ފްލެޓްތަކެއް އެޅުމަށް 2014 ވަނަ އަހަރުގެ މަރޗު މަހުގެ 13 ވަނަ ދުވަހު އެޗްޑީސީ އިން ހަވާލު ކޮށްފައިވާއިރު، އެ އަހަރުގެއޭޕްރީލް މަހު އެ މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އެޗްޑީސީންއެ ކުންފުންޏާ ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސުގެއުސޫލުން 3000 ހައުސިން ޔުނިޓް އެޅުމަށެވެ. ދިވެހިން ހިތްޖެހޭ ފަދަ މޮޑެލްއަކާ އެކު ބުކިން ފީއެއްގެ ގޮތުގައި 50000ރ. ދައްކާ ގޮތަށް ފްލެޓް ގަތުމަށް ހުޅުވާލުމާ އެކު ގިނަ ބަޔަކު ފޯމް ނެގުމަށް ކިޔު ޖެހުނެވެ.

ފްލެޓް ވިއްކާނެ ކަމަށް ބުނެ ސީލައިފް ގްލޯބަލް އިން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން އެ ފައިސާ ހޯދުމަށް 191 މީހެއްގެ ފަރާތުން ސިވިލް ކޯޓަށް،ރާއްޖޭގެ ކޯޓަކަށް ފުރަތަމަ ފަހަރަށް ހުށަހެޅި އެންމެ ބޮޑު ކްލާސް- އެކްޝަން ދައުވާ ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ

3،000 ހައުސިން ޔުނިޓް އަޅާނެ ކަމަށް ބުނެ އެ ތަންތަން ގިނަ ބަޔަކަށް ވިއްކައި، މަކަރާއި ހީލަތް ހަދައިގެން ބޮޑެތި އަދަދުތަކުން ފައިސާ ނެގި މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ތަހުގީގު ކުރަމުންދާއިރު، ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހޯދުމަށް ވަނީ އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފައެވެ. ސީލައިފްގެ މައްސަލަ ފެންމަތިވުމާ އެކު އައްމަޓީ ވަނީ ރާއްޖެއިން ފިލާފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އޭނާ ދިރިއުޅެމުން އަންނަނީ އަވަށްޓެރި ސްރީލަންކާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
60%
0%
40%
0%
0%
ކޮމެންޓް
13 އޮކްޓޯބަރ 2019 | އާދީއްތަ 12:54
ޖީމު
އަވަށްޓެރި ސްރީލަނަކާގައި އޭނާ ދިރި އުޅޭކަމަށް ބުނާއިރު އޭނާ ރާއްޖެ ގެނެސް ތަހުޤީގް ނުހިންގަނީ ކީއްވެ؟