ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 21:07
މުހައްމަދު ނިޒާމް (ނިޒާމްބެ)
މުހައްމަދު ނިޒާމް (ނިޒާމްބެ)
މިހާރު
މުހައްމަދު ނިޒާމް (ނިޒާމްބެ)
ޔުއެފާ އެސިސްޓް މުބާރާތުން ރާއްޖެއަށް ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމުގެ އުންމީދު ބޮޑު: ނިޒާމްބެ
 
މުބާރާތަށް ޓީމު ވަނީ ރަނގަޅަށް ތައްޔާރުވެފައި

ބަންގްލަދޭޝްގައި 16 އަހަރުން ދަށުގެ ޓީމުތަކަށް އަމާޒުކޮށްގެން އަންނަ ބުދަ ދުވަހު ފަށާ "ޔުއެފާ އެސިސްޓް ޑިވެލޮޕްމެންޓް ޓޯނަމަންޓް" އިން ރާއްޖެއަށް ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ގައުމީ 16 އަހަރުން ދަށުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ނިޒާމްބެ ބުނީ، ނިމިދިޔަ އޭއެފްސީ ކޮލިފައިން އާއި ގަތަރުގައި ކުރިޔަށްދިޔަ ފޯ ނޭޝަންސް ޓޯނަމަންޓަށްފަހު ޓީމަށް ކުރިއެރުންތަކެއް އައިސްފައިވާ ކަމަށާއި، ބަންގްލަދޭޝްގައި ބާއްވާ މުބާރާތުން ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އެގޮތުން ނިޒާމްބެ ބުނީ، އޭއެފްސީ ކޮލިފައިންއަށްފަހު މަދު ދުވަސްކޮޅު ތެރޭގައި މުބާރާތަށް ރަނގަޅަށް ޓީމަށް ތައްޔާރުވެވިފައިވާ ކަމަށާއި، ޓީމަށް ނެގި އާ ކުޅުންތެރިންވެސް ޓީމަށް ހޭނިފައިވާ ކަމަށެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ކެމްބޯޑިއާ އާއި ބަންގްލަދޭޝް އަދި ފެރޯ އައިލޭންޑްސް ވާދަކުރާއިރު، ނިޒާމްބެ ބުނީ ރާއްޖެއަށް މުބާރާތުގައި އެންމެ ބޮޑު ޗެލެންޖަކަށް ވާނީ ފެރޯ އައިލޭންޑްސް ކަމަށާއި، އެޓީމަކީ ވަރަށް އޯގަނައިޒް އަދި ޓެކްނިކަލީ ގޮތުން ބަލާއިރު ވަރުގަދަ ޓީމެއް ކަމަށްވެސް ނިޒާމްބެ ބުނިއެވެ.

ނަމަވެސް ނިޒާމްބެ ބުނީ، އައްޑޫގައި ކުރިޔަށްދިޔަ ޔުއެފާ ފޯ ނޭޝަންސް ޓޯނަމަންޓްގައި ވާދަކުރި ލެޓްވިއާ އަށްވުރެ ފެރޯ އައިލޭންޑްސް ވަރުގަދަވާނެ ކަމަށް ނުބެލެވޭ ކަމަށާއި، އެޓީމާ ދެކޮޅަށް ރާއްޖެއިން ރަނގަޅު ފައިޓެއް ދޭނެ ކަމަށެވެ.

މި މުބާރާތް ކުރިޔަށްދާނީ ބުދަ ދުވަހުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޑާކާގައެވެ. މުބާރާތަށް ރާއްޖެ ފުރާނީ އާދީއްތަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
50%
0%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ