ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 10:46
ކަޕްރާލް ވޯލްޑް ރެކޯޑް ހެދުމަށްފަހު
ކަޕްރާލް ވޯލްޑް ރެކޯޑް ހެދުމަށްފަހު
ކަޕްރާލް
ޖޮގްލިންގގެ އާ ރެކޯޑެއް ރާއްޖޭގައި މުގުރާލައިފި
 
މިއީ ރާއްޖޭގައި މި އަހަރު ހެދި ތިންވަަނަ ވޯލްޑް ރެކޯޑް

ޖޮގްލިންގގެ މުޅިން އާ ރެކޯޑެއް މައިކަލް ކަޕްރާލް މުގުރައިލައިފިއެވެ.

ކަޕްރާލް މިފަހަރު މުގުރައިލީ ތިން ބޯޅައާއެކު ޖޮގްލިންގ ކުރަމުން އެންމެ ގިނަ ހަރުފަތް ހުރަސް ކުރުމުގެ ރެކޯޑެކެވެ. ކަޕްރާލް މި ރެކޯޑް މުގުރާލާން ތައްޔާރުވިއިރު ބުނަމުން އައީ 3000 ހަރުފަތަށް އެރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ރިކޯޑު ހަދަން އިއްޔެ ހަވީރު ސަލްޓަން ޕާރކުގަ ބޭއްވި ޙަރަކާތުގައި އޭނާއަށް ސިޑިން ދުވެފައި އެރުނީ 2544 ފަހަރެވެ. މީގެ ކުރިން މި ރެކޯޑް ހަދައިފައިވަނީ 600 ހަރުފަތަށް އަރައިގެންނެވެ.

ރެކޯޑް މުގުރާލުމަށްފަހު ކަޕްރާލް ބުނީ ބޭނުންވި ޓާރގެޓަށް ވާޞިލުނުވެވުނަސް ކުރިން ހަދާފައިވާ ރެކޯޑް ބޮޑުތަނުން މުގުރާލެވުމުން އެކަމާ ހިތްހަމަޖެހޭ ކަމަށެވެ. އަދި 2000 އަށް ވުރެ ގިނަ ހަރުފަތަށް އެރުން އެއީ ލިބުނު ބޮޑު އުފަލެއް ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ކަޕްރާލް ބުނީ އޭނާ އަށް ދިވެހިން ވަރަށް ކަމުގޮސްފި ކަމަށާއި ދެން ބޭނުންވަނީ ކެނެޑާއަށް ގޮސް ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށް ކަމަށެވެ.

އައްޑޫ ސިޓީގައި ކުރިޔަށްދިޔަ "ރަން އިން އައްޑޫ" ޙަރަކާތުގައި ކަޕްރާލް އޭނާގެ އަމިއްލަ ރެކޯޑް މުގުރާލައިފައިވަނީ 10 ކިލޯމީޓަރުގެ ދުވުން 55 މިނެޓާއި 48 ސިކުންތުން ނިންމައިގެންނެވެ.

މިއީ ރާއްޖޭގައި މި އަހަރު ހެދި ތިންވަނަ ރެކޯޑެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއިން ވަނީ ފްރީ ޑައިވިންގ ރެކޯޑް ވެސް ހަދައިފައެވެ.

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބް މުޙައްމަދު ވިދާޅުވީ މި ޙަރަކާތްތަކަކީ ރާއްޖޭގެ ފަތުރުވެރިކަން "ސްޕޯޓްސް ޓުއަރިޒަމް ޑެސްޓިނޭޝަން" އެއްގެ ނަމުގައި ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރާ ކަމެއް ކަމަށާއި، މި ޙަރަކާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން "ޕްރޮމޯޓް" ވެގެންދާނެކަމަށެވެ.

ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަޙްލޫފް ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުޅިވަރު ޑެސްޓިނޭޝަނެއްގެ ގޮތުގައި ކުރި އެރުވުމަށް ޔޫތު މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް
12 އޮކްޓޯބަރ 2019 | ހޮނިހިރު 11:35
ދޮންކަނބުލޮ
ދިވެހި ފައްޓަރުބައި އެޅުމުގެވެސް އާ ރެކޯޑެއްހެން ހީވަނީ :)