ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 07:46
ރެޕިއުޖީ ކުޑަކުދިން
ރެޕިއުޖީ ކުޑަކުދިން
ބީބީސީ
ތުރުކީ
ތުރުކީން ދެމުންދާ ޙަމަލާތަކާއި ގުޅިގެން 100,000 އަށް ވުރެ ގިނަ މީހުން ހިޖުރަކޮށްފި
 
ގިނަ ބައެއް ބޯހިޔާވަހިކަން ހޯދަމުންދަނީ އެ ގައުމުގެ ހައްސަކެ ސިޓީއާއި ތަލް ތަމަރު ގައި ހުރި ސްކޫލްތަކުގައި

ތުރުކީން ސީރިއާއަށް ދެމުންދާ ޙމަލާތަކާއި ގުޅިގެން 100,000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް، އެހެން ޞަރަޙައްދުތަކަށް ހިޖުރަ ކުރަމުން ދާ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

އެގޮތުން ގިނަ ބަޔަކު ބޯހިޔާވަހިކަން ހޯދަމުންދަނީ އެ ޤައުމުގެ ހައްސަކެ ސިޓީއާއި ތަލް ތަމަރުގައި ހުރި ސްކޫލްތަކާއި އެހެނިހެން އިމާރާތްތަކުގައި ކަމަށް ޔޫއެން އާއި ޙަވާލާދީ ބައިނަލް އަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ތުރުކީގެ އަސްކަރީ ޙަރަކާތްތައް ސީރިއާގައި ފަށާފައިވާއިރު އެ ޙަމަލާތަކުގައި ކޮންމެ ދުވަހަކުވެސް މަރުވާ ކުރުދީ ހަނގުރާމަވެރިންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ތުރުކީވިލާތުން ސީރިއާގެ އުތުރުގައި ފަށާފައިވާ ހަނގުރާމައިގައި ސޫރިޔާގެ 342 ކުރުދީ ހަނގުރާމަވެރިން ވަނީ މަރުވެފައެެވެ.

އެމެރިކާގެ ތާއިދު ލިބެމުންދިޔަ ސީރިއަން ޑިމޮކްރަޓިކް ފޯފަސް (އެސްޑީއެފް) އަށް ޢަމާޒުކޮށްގެން ފެށި ޙަރަކާތްތައް ފަށާފައިވަނި ސީރިއާގައި ތިބި އެމެރިކާ ސިފައިން އެތަނުން އަނބުރާ ބޭލުމަށްފަހުއެވެ. އަދި އެ ސިފައިން ބޭލުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް ތުރުކީން ވަނީ އެ ޙަމަލާތައް ސީރިއާއަށް ރައްދަކުރަން ފަށާފައެވެ.

ރިޕޯޓުތައް ބުނާގޮތުން ހުކުރު ދުވަހު ދިން ކާރު ބޮމުގެ ހަމާއެއްގައި 6 މީހުންމަރުވިއެވެ. މީގެ އިތުރުން އެމެރިކާގެ އަސްކަރީ ބޭސްއަކަށް ޢަމާޒުކޮވެސް ބޮމުގެ ހަމާލާއެއް ދީފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޯށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް