ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 07:49
ސިފައިން
ސިފައިން
ބީބީސީ
ތުރުކީ
ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާއިން ތައްޔާރުވަނީ
 
މި ނިންމުން އެ ޕާޓީން ނިންމާފައިވަނީ ތުރުކީން ސީރިއާގެ އުތުރުގައި ދިރިއުޅޭ ކުރުދީންއާ ދެކޮޅަށް ދެމުންދާ ހަމަލާތަކާ ގުޅިގެން

ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅަން އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތައްޔާރުވާން ފަށައިފި އެވެ. މި ނިންމުން އެ ޕާޓީން ނިންމާފައިވަނީ ތުރުކީން ސީރިއާގެ އުތުރުގައި ދިރިއުޅޭ ކުރުދީންއާ ދެކޮޅަށް ދެމުންދާ ޙަމަލާތަކާ ގުޅިގެންނެވެ.

ތުރުކީން ސީރިއާއަށް ދެމުންދާ ޙަމަލާތަކުގައި ތުރުކީގެ އެތައް ހާސް ސިފައިންނެއް ދަނީ ބައިވެރިވަމުންނެވެ.

އެ ބިލަށް ރިޕަބްލިކަންގެ 29 މެމްބަރުން ވަނީ ތާއީދުކޮށްފައެވެ. އެ ޕާޓީގެ ފަރާތުން މި ބިލް ހުށަހަޅަން ނިންމާފައިވަނީ އެ ޕާޓީގެ މެމްބަރު ލިޒް ޗޭނީއެވެ.

ލިޒް ވިދާޅުވީ ތުރުކީގެ ޢަމަލުތަކަށް ޙައްޤު އަދަބު ލިބެން ޖެހޭނެ ކަމަށެވެ. މީގެ އިތުރުންވެސް ލިޒް ވަނީ ތުރުކީގެ ރައީސް ޠައްޔިބް އުރުދުޣާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ލިޒް ވިދާޅުވީ އެތައް ހާސް ކުރުދީންނެއް އައިއެސްއާ ދެކޮޅަށް ހަނގުރާމަކޮށްފައިކަމަށާއި ތުރުކީއަކީ އެމެރިކާގެ ޙަޤީޤީ ބައިވެރިއަކަށް ވަންޏާ އެކަން ޢަމަލުން ދައްކަން ޖެހޭ ކަމަށެވެ.

ރިޕޯޓްތަކުން ދައްކާގޮތުގައި ތުރުކީގެ އަސްކަރީ ޙަރަކާތްތައް ސީރިއާގައި ފަށާފައިވާއިރު އެ ޙަމަލާތަކުގައި ކޮންމެ ދުވަހަކުވެސް މަރުވާ ކުރުދީ ހަނގުރާމަވެރިންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ތުރުކީވިލާތުން ސީރިއާގެ އުތުރުގައި ފަށާފައިވާ ހަނގުރާމައިގައި ސޫރިޔާގެ 342 ކުރުދީ ހަނގުރާމަވެރިން ވަނީ މަރުވެފައެެވެ.

އެމެރިކާގެ ތާއިދު ލިބެމުންދިޔަ ސީރިއަން ޑިމޮކްރަޓިކް ފޯފަސް (އެސްޑީއެފް) އަށް ޢަމާޒުކޮށްގެން ފެށި ޙަރަކާތްތައް ފަށާފައިވަނި ސީރިއާގައި ތިބި އެމެރިކާގެ ސިފައިން އެތަނުން އަނބުރާ ބޭލުމަށްފަހުއެވެ. އަދި އެ ސިފައިން ބޭލުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް ތުރުކީން ވަނީ އެ ޙަމަލާތައް ސީރިއާގައި އަށް ރައްދަކުރުން ފަށާފައެވެ.

ތުރުކީވިލާތުން ދެމުން އަންނަ އަސްކަރީ ޙަމަލާތަކުގެ ސަބަބުން 70 ހާހަށްވުރެއް ގިނަ މީހުން އެމީހުންގެ އަވަށް ދޫކޮށް އެހެން ހިސާބުތަކަށް މިހާރު ވަނީ ހިޖުރަކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
0%
0%
50%
0%
0%
ކޮމެންޓް