ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 07:52
ލިއަމް އާއި މެޑިސަން އަަތުގުޅާލައިގެން
ލިއަމް އާއި މެޑިސަން އަަތުގުޅާލައިގެން
ޑެއިލީ މެއިލް
ލިއަމް ހެމްސް ވޯތް
ލިއަމް ހެމްސް ވޯތްގެ ގާލްފްރެންޑަކީ އޮސްޓޭލިއާގެ އެކްޓްރެސްއެއްތަ؟
 
މައިލީ ވަނީ މޫވް އޮން ކޮށްފައި
 
ލިއަމް އާއި މައިލީ ވަކިވީ މިއަހަރު

2009 ވަނަ އަހަރު ރިލީޒްކުރި "ދަ ލާސްޓް ސޯންގް"އިން ފެނިގެންދިޔަ މައިލީ ސައިރަސްއާ ލިއަމް ހެމްސްވޯތްގެ ލޯބީގެ ގުޅުން ފެށިގެން ދިޔައީވެސް އެހިސާބުންނެވެ. އަދި 2012 ވަނަ އަހަރު ކައިވެނި ކުރަން އެންގޭޖްވުމަށްފަހު ދެ މީހުންވަނީ 2013 ވަނަ އަހަރު ވަކިވެފައެވެ. އެއަށްފަހު، 2016 ވަނަ އަހަރު އަނެއްކާވެސް ދެ މީހުން ގުޅުނެވެ.

ހޮލީވުޑްގެ މަޝްހޫރު މި ޖޯޑު ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މައިލީ އާއި ލިއަމް

އެ ދެ ތަރިން ކައިވެނި ކުރިތާ މާ ގިނަ ދުވަހެއް ނުވެ މި ވަނީ ވަކިވެފައެވެ. މި ޖޯޑު ދުރުވި ކަމަށް ބުނެފައިވަނީ ޕީޕަލްސް މެގަޒިން އަށް މައިލީގެ ރެޕްރެޒެންޓޭޓިވް އެއް ދިން އިންޓަވިއުއެއްގައެވެ. އޭނާ ބުނެފައިވާ ގޮތުން ދެމީހުންވެސް ވަކިވީ މިއީ އެ ދެމީހުންނަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށާއި މުސްތަޤަބަލާއި ކެރިއަރ އަށް ފޯކަސް ކުރަން ބޭނުންވާ ކަމަށް ދެމީހުންވެސް ބުނި ކަމަށެވެ. އަދި، ދެމީހުން ވަކިވި ކަމުގައި ވިޔަސް އެކުގައި ގެންގުޅުނު ޕެޓްސްތައް ބަލާނެ ކަމަށް އިންޓަވިއުގައި ބުނެފައިވެއެވެ.

މިއަހަރުގެ އޮގަސްޓް މަހު މި ދެ ތަރިން ވަކިވެފައިވާއިރު މައިލީ އުޅެނީ ކޯޑީ ސިމްސަންއާ ރައްޓަހިވެގެންނެވެ.

މައިލީ އާއި ކޯޑީ

އެހެންނަމަވެސް ލިއަމް ދެ މަސްވަންދެން ހުރީ "ސިންގަލް" ކޮށެވެ.

ދެ މަސްވަންދެން ސިންގަލްކޮށް ހުރުމަށްފަހު ދާދި ފަހު ސޯޝަލް މީޑިއާގައި އޭނާ މިހާރު އޮސްޓޭލިއާގެ އެކްޓްރަސްއެއް ކަމަށްވާ އުމުރުން 22 އަހަރުގެ މެޑިސަން ބްރައުންއެކީގައި އަތުގުޅުވާލައިގެން ހިނގާފައިދާ ފޮޓޯއެއް ވަނީ އާންމުވެފައެވެ. ނިއުޔޯކްގައި މި ދެ ތަރިން ވަނީ އެކީގައި މެންދުރުގެ ކެއުމަށް އިންސާފުކޮށްފައެވެ.

ލިއަމް އާއި މެޑިސަން

މެޑިސަން އަކީ ކާކު؟

މެޑިސަންގެ މޮޑެލް ކުރުމުގެ ކެރިއަރ އޭނާ ފެށީ އުމުރުން އެންމެ 16 އަހަރުގައެވެ. މޮޑެލް ކުރުމުގައި އަހަރުތަކެއް ހޭދަކުރުމަށްފަހު އޭނާ އެންމެ ކުރާ ހިތްވާ ކަންތަކަށް ދިމާލަށް މިސްރާބު ޖެހިއެވެ. އެއީ އެކްޓްކުރުމެވެ. އެކްޓިންގްގެ ދާއިރާގައި ހަރަކާތްތެރިވިއިރު އޭނާ ވަނީ ޑައިނާސްޓީ ފިލްމާއި ސްޓޭންޖަރ ލޭންޑް ފަދަ ފިލްމްތަކުގައި ހަރަކާތްތެރިވެފައެވެ.

މައިލީގެ ގުޅުމާމެދު އެކި މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އޭނާ ކޯޑީއާ އެހޭ ސިރީއަސްއެއް ނޫނެވެ. މައިލީ އަދި ބޭނުންވަނީ އޭނާގެ ލައިފް "އެންޖޯއި" ކޮށްލުމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް