ކ. މާލެ
|
11 އޮކްޓޯބަރ 2019 | ހުކުރު 17:59
ތުރުކީ-ސޫރިޔާ ހަނގުރާމަ
ތުރުކީ-ސޫރިޔާ ހަނގުރާމަ
ބީބީސީ
ތުރުކީ-ސޫރިޔާ
ތުރުކީން ދިން ހަމަލާތަކުގައި ސޫރިއާގެ 342 ކުރުދީ ހަނގުރާމަވެރިން މަރުވެއްޖެ
 
އެ ހަރަކާތްތަކުގެ ތެރެއިން ދިން ވައިގެ ހަމަލާއެއްގައި އާންމުންގެ 9 މީހެއް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނޭ
 
އަސްކަރީ ހަރަކާތްތައް ފެށީ ސޫރިޔާގައި ތިބި އެމެރިކާގެ ސިފައިން އެ ތަނުން ގެންދިޔުމަށްފަހު

ތުރުކީވިލާތުން ސީރިއާގެ އުތުރުގައި ފަށާފައިވާ ހަނގުރާމައިގައި ސޫރިޔާގެ 342 ކުރުދީ ހަނގުރާމަވެރިން މަރުވެއްޖެ އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ތުރުކީގެ އަސްކަރީ ހަރަކާތްތައް ސީރިއާގައި ފަށާފައިވާއިރު އެ ހަމަލާތަކުގައި ކޮންމެ ދުވަހަކުވެސް މަރުވާ ކުރުދީ ހަނގުރާމަވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

އެމެރިކާގެ ތާއިދު ލިބެމުންދިޔަ ސީރިއަން ޑިމޮކްރަޓިކް ފޯފަސް (އެސްޑީއެފް) އަށް އަމާޒުކޮށްގެން ފެށި ހަރަކާތްތައް ފަށާފައިވަނި ސީރިއާގައި ތިބި އެމެރިކާގެ ސިފައިން އެތަނުން އަނބުރާ ބޭލުމަށްފަހުއެވެ. އަދި އެ ސިފައިން ބޭލުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް ތުރުކީން ވަނީ އެ ހަމަލާތައް ސީރިއާގައި އަށް ރައްދަކުރުން ފަށާފައެވެ.

ތުރުކީވިލާތުން ދެމުން އަންނަ އަސްކަރީ ހަމަލާތަކުގެ ސަބަބުން 70 ހާހަށްވުރެއް ގިނަ މީހުން އެމީހުންގެ އަވަށް ދޫކޮށް އެހެން ހިސާބުތަކަށް މިހާރު ވަނީ ހިޖުރަކޮށްފައެވެ.

އޭގެ އިތުރަށް، އަސްކަރީ ހަމަލާތަކުގެ ތެރެއިން ދިން ވައިގެ ހަމަލާއެއްގައި އާންމު ރައްޔިތުންގެ ނުވަ މީހުން މަރުވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު މަރުވި މީހުންގެ އާއިލާތައް އަންނަނީ ގަމިޝްލީ ނަމަކަށް ކިޔާ ސަރަހައްދުގައި ހުންނަ ހޮސްޕިޓަލަށް ޖަމާވަވެ ހިތާމަފާޅު ކުރަމުން އަންނަ ކަމަށް ވެސް އެ ރިޕޯޓްތަކުގައި ބުނެފައިވެއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
40%
20%
40%
0%
0%
0%
ކޮމެންޓް