ކ. މާލެ
|
11 އޮކްޓޯބަރ 2019 | ހުކުރު 12:19
އިރާންގެ ތެޔޮ ޓޭންކަރަށް ރޮކެޓް ހަމަލާ ދިނުން
އިރާންގެ ތެޔޮ ޓޭންކަރަށް ރޮކެޓް ހަމަލާ ދިނުން
ސްޓްރެއިޓް ޓައިމްސް
ރޮކެޓް ހަމަލާ
އިރާންގެ ތެޔޮ ޓޭންކަރަކަށް ރޮކެޓް ހަމަލާއެއް ދީފި
 
ގޮވުމާއި ގުޅޭ ގޮތުން ސައުދީއަރަބިއާއިން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވޭ

އިރާންގެ ތެޔޮ ޓޭންކަރަކަށް ދިން ދެ ރޮކެޓް ހަމަލާގައި އެ އުޅަނދުން ތެޔޮ ލީކްވާން ފަށއިފިއެވެ.

ދަ ނެޝަނަލް އިރާނީ ޓޭންކަރ ކޮމްޕެނީ (އެންއައިޓީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުކުރު ދުވަހު ވަކިވަކިން ދިން މިހަމަލާ ދީފައި ވަނީ، ސައުދީގެ ޖިއްދާ އާއި 100 ކިލޯމީޓަރު (60 މޭލު) ދުރުން ކަމަށެވެ.

ޓޭންކަރުގެ ވެރިޔާ ބުނެފައިވަނީ މިހަމަލާގައި ބޯޓުގެ އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ބޯޓުގެ ހާލަތުވެސް ރަނގަޅު ކަމަށެވެ. ލިބުނު ގެއްލުން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މާހިރުން ގަބޫލު ކުރާ ގޮތުގައި މިއީ ޓެރަރިސްޓް އެޓޭކެއް ކަމަށް އިރާންގެ ސްޓޫޑެންޓް ނިއުސް އެޖެންސީ (އައިއެސްއެންއޭ) އިން ރިޕޯޓްކޮށްފައިވެއެވެ.

މި ބްލާސްޓާއި ގުޅޭ ގޮތުން ސައުދީ އަރަބިއާއިން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
3%
0%
67%
28%
0%
3%
ކޮމެންޓް