ކ. މާލެ
|
11 އޮކްޓޯބަރ 2019 | ހުކުރު 09:54
ވިރަންޓޯ
ވިރަންޓޯ
ޓްވިޓަރ
އިންޑޮނޭޝިއާ
އިންޑޮނޭޝިއާގެ ސެކިއުރިޓީ މިނިސްޓަރަށް ވަޅިން ހަމަލާ ދީފި
 
ސެކިއުރިޓީ މިނިސްޓަރުގެ ބަނޑުގެ ދެ ތަނަކަށް ވަނީ ވަޅި ހަރާފައި

އިންޑޮނޭޝިއާގެ ސެކިއުރިޓީ މިނިސްޓަރ ވިރަންޓޯއަށް ވަޅިން ހަމަލާދީފިއެވެ.

ވިރަންޓޯއަށް ހަމަލާދިނީ އިންޑޮނޭޝިއާގެ ބަންޓެން ޕްރޮވިންސްގެ ޓައުން ސްކޮޔާއަށް ކާރުން ފޭބި ވަގުތުއެވެ. އަދި ވިރަންޓޯގެ ބަނޑުގެ ދެ ތަނަކަށް ފުންކޮށް ވަނީ ވަޅިން ހަމަލާދީފައެވެ.

ކުރީގެ މިލިޓަރީ ޗީފް އަދި ކުރީގެ ރިޔާސީ ކެންޑިޑޭޓް ވިރަންޓޯއަށް ހަމަލާ ދިނުމާއެކު ހެލިކަޕްޓަރުގައި ވަނީ ވެރި ރަށް ޖަކަރޓާއަށް ގެންގޮސްފައެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 72 އަހަރުގެ ވިރަންޓޯއަށް ހަމަލާދިން މައްސަލައިގައި ފިރިހިނެއްގެ އިތުރުން އަންހެނެއް ވަނީ ހައްޔަރުކޮށްފައިވާއިރު، މި ހާދިސާގައި ފުލުހެއްގެ އިތުރުން އާއްމު ދެ މީހުންނަށް އަނިޔާވި ކަމަށް ބަޓެންގެ ޕޮލިސް ޗީފް ވަނީ ވިދާޅުވެފައެވެ.

އިންޑޮނޭޝިއާގެ ސްޓޭޓް އިންޓެލިޖެންސް އެޖެންސީގެ ޗީފް ބުޑީ ގުންވަން ވިދާޅުވީ، ވިރަންޓޯއަށް ހަމަލާދިނީ އައިއެސްއަށް ތާއިދުކުރާ ބައެއް ކަމަށެވެ.

އިންޑޮނޭޝިއާގެ ރިޔާސީ އިންތިހާބުގައި 2004 ވަނަ އަހަރު ވިރަންޓޯ ވާދަކޮށްފައިވާއިރު، ލިބިފައިވަނީ ތިންވަނައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
14%
14%
43%
0%
14%
14%
ކޮމެންޓް