ކ. މާލެ
|
11 އޮކްޓޯބަރ 2019 | ހުކުރު 02:23
މިދިޔަ މަހުގެ 20 ވަނަ ދުވަހު މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު
މިދިޔަ މަހުގެ 20 ވަނަ ދުވަހު މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު
ރައީސް އޮފީސް
އަލިފާނުގެ ހާދިސާ
ވަގުތީ ބޯހިޔާވަހިކަމުގެ ދަށުގައި 38 އާއިލާއެއް އެބަ ތިބި: ޑިޒާސްޓަރ
 
ބޯހިޔާވަހިކަން ބޭނުންވާ 164 މީހުން އެބަތިބި

މިދިޔަ މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަމުގެ ދަށުގައި އަދިވެސް 38 އާއިލާއެއް ތިބި ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

ޑިޒާސްޓަރ އިން ބުނީ، ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 164 މީހުންނަށް ގާކޮށީގެ 14 އެޕާޓްމަންޓެއްގެ އިތުރުން ބައެއް ގެސްޓް ހައުސްތައް ހަމަޖައްސަ ދީފައިވާ ކަމަށާއި، އެ އާއިލާތަކަށް ބޭނުންވާ ކެއިން ބުއިމުގެ ހަރަދުވެސް ހަމަޖައްސައިދީފައިވާ ކަމަށެވެ.

މީގެއިތުރުން ޑިޒާސްޓަރ އިން ބުނީ، ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ 38 އާއިލާގެ ތެރެއިން ހ.އިމޯޝަންސް، ހ.ނިޝާންޕްލާޒާ، ހ.ކީލް އަދި ހ.ގަސްވާ ގެ ހަ އާއިލާއަކުން 28 މީހުން ހިމެނޭ ކަމަށާއި، އެ މީހުން ވަގުތީ ހިޔާތަކުގައި ތިބީ އެ ގެތަކުގައި މަރާމާތުގެ ބައެއް މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އަދި އަންނަ ހަފްތާ ތެރޭގައި އެ އާއިލާތައް އެފަރާތތްތަކުގެ ގެތަކަށް ބަދަލުކުރެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް ޑިޒާސްޓަރ އިން ބުނެއެވެ.

ޑިޒާސްޓަރ އިން ބުނީ އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެތަކާއި ގޭބިސީތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތްތަކުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށާއި، ލިބުނު ގެއްލުން ވަޒަން ކުރަން އެސެސްމަންޓް ހެދުނީ މައިގަނޑު ދެބައެއްގަ ކަމަށެވެ. އެއީ ގޭބިސީތަކުގައި ބޭނުން ކުރަމުންދިޔަ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އިތުރުން އަލިފާނުގެ ސަބަބުން ގޭގެ އިމާރަތަށް ލިބުނު ގެއްލުން (ސްޓްރަކްޗަރަލް) ކަމަށެވެ.

އެގޮތުން އެސެސްމަންޓް ދައްކާ ގޮތުން ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ ޖުމްލަ 1،036،651 ރުފިޔާ އަރާ ކަމަށާއި، 41 ގޭބިސީގެ ޒަރޫރީ ހިފާގެންގުޅޭ ތަކެތި އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ޑިޒާސްޓަރ އިން ބުނެއެވެ.

އިމާރާތްތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް މިހާތަނަށް 31 ގެއެއްގެ އެސެސްމަންޓް ހެދިފައިވާ ކަމަށް ފާހަގަކުރަމުން ޑިޒާސްޓަރ އިން ބުނީ އެ ގެތަކުގެ ތެރެއިން ގެއްލުން ވަޒަން ކުރަން ޖެހޭ ތިން ގެއެއްގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި، އިމާރަތްތަކަށް ލިބުނު ގެއްލުމުގެ އެސެސްމަންޓުން 14 އިމާރާތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އަލިފާނުގެ ސަބަބުން އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ތަޅާލެވުނު ގުދަންތައްވެސް ހިމެނޭ ކަމަށް ޑިޒާސްޓަރ އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް