ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 23:28
ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރުން
ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރުން
ޓްވިޓަރ
ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރުން
ލަންކާގައި ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރުންނަށް، އެހެން ގައުމެއްގައި ވެސް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
 
ސްލޮވޭނިއާގެ ފްލައިން ސްކޫލް ބަންދުކުރުމާ ގުޅިގެން ދަތިތައް ވަނީ ކުރިމަތިވެފައި
 
އިތުރު ފައިސާއެއް ހަރަދުވާނަމަ، އެފައިސާ ހަމަޖައްސަންވާނީ އަމިއްލައަށް

ސްޓޫޑެންޓް ލޯނުގެ ދަށުން ސްރީލަންކާގެ ސްލޮވޭނިއާގައި ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރުންނަށް، އެހެން ގައުމެއްގައި ވެސް ކިޔެވުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނީ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯން އެހީގެ ދަށުން ސްރީލަންކާގައި ޕައިލެޓް ޓްރޭނިންގ ފުރިހަމަކުރަމުންދާ ދިވެހި ދަރިވަރުންނަށް ޕްރޮގްރާމް ނިމޭނެ ތާރީހެއް ނޭނގި ކޯސް ދިގުލައިގެންދާތީ ކުރިން ކަނޑައަޅާފައިވާ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް އެގައުމުގައި ތިބެންޖެހުމުން ކުރަންޖެހޭ ހަރަދުތައް އިތުރުވެ، ބައެއް ދަރިވަރުންގެ ލޯނުގެ މުއްދަތު ހަމަވުމަށްފަހުގައި ވެސް ކޯސް ނިމިފައިނުވުމުގެ ސަބަބުން ދަރިވަރުންނަށް އިތުރު ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯން އެހީގެ ދަށުން ސްލޮވޭނިއާގައި ދިވެހި ދަރިވަރުން ޕައިލެޓް ޓްރޭނިންގ ފުރިހަމަކުރަމުން ގެންދިޔަ ފްލައިން ސްކޫލް ބަންދުކުރުމާއި ގުޅިގެން އިތުރު ދަތިތަކާއި ކުރިމަތިލާންޖެހިފައިވާތީ، މިދަރިވަރުންނަށް ވެސް ކޯސް ފުރިހަމަ ކުރެވޭނެ ގޮތް ހަދައިދިނުމަށް ބޭނުންވާ ކަމަށެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ ލޯނު އެހީގެ ދަށުން ސްރީލަންކާގައި އަދި ސްލޮވޭނިއާގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ މައިގަނޑު ދަތިތަކަކީ ދަރިވަރުންގެ އިހްތިޔާރުން ބޭރުގައިވާ ކަންކަމުގައި މިމިނިސްޓްރީއަށް ގާބޫލުކުރެވޭތީވެ، މިދަރިވަރުންނަށް ލޯނަށް ދޫކޮށްފައިވާ ފައިސާއިން ކިޔަވަމުންދާ ގައުމު ބަދަލުކޮށް ކިޔެވުން ފުރިހަމަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ކިޔެވުން ފުރިހަމަކުރުމަށް އިތުރު ފައިސާއެއް ހަރަދުވާނަމަ، އެފައިސާ ހަމަޖައްސަންވާނީ ދަރިވަރުން އަމިއްލައަށް ކަމަށެވެ.

ހަޔަރ އެޑިޔުކޭޝަންގެ ލޯނު ނަގައިގެން ސްރީލަންކާގައި ޕައިލެޓް ލައިސަންސް ކިޔަވަމުންދާ ދަރިވަރުން ގައުމު ބަދަކުރުމަށް އެދޭނަމަ އެދަރިވަރަކު ކިޔެވުން ފުރިހަމަކުރުމަށް އެދޭ ގައުމެއްގެ މަރުކަޒުގެ ޕްލޭސްމަންޓް ލެޓަރ، ފީ ސްޓްރަކްޗަރ އަދި އައިޑީކާޑުގެ ކޮޕީއާއެކު، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންހެ އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

އެގޮތުން ކިޔެވުން ފުރިހަމަކުރުމަށް ދާ މަރުކަޒަކީ ސިވިލް އޭވިއޭޝަނަށް އޮތޯރިޓީއިން އިތުރު ޓެސްޓަކާނުލާ މަތިން ދާ ބޯޓު ދުއްވުމުގެ ހުއްދައެއް ލިބޭ މަރުކަޒެއްކަން ކަށަވަރު ކުރުމަށް ވެސް ހަޔަރ އޭޑިޔުކޭޝަނުން ބުންޏެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މަޖިލިސް އިންތިޚާބުގެ ބަޖެޓްގެ ކަންކަން ހަމަޖެހޭނެ، އިތުރަށް 10 މިލިއަން ޚަރަދުވާނެ - އީސީ
މައުލޫމާތު ހާމަކުރާއިރު، ފަނޑިޔާރުންގެ މަސައްކަތާ ގުޅުންހުރި ކަންކަމުގައި ސަމާލުވާންޖެހޭ ކަންކަން ފާހަގަކުރުމަށް ބައްދަލުވުމެއް ބާއްވައިފި
ޔޫސުފް ނައީމަށް ކުރި ޙުކުމް ބާތިލް، ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން އަންގައިފި