ބުދަ 23 އޮކްޓޯބަރ 2019
06 ހެއި
1441 ސަފަރު 24
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05
ރާއްޖެ - އއ. ތޮއްޑޫ

މިސަރުކާރުގައި ތޮއްޑޫގެ ތަރައްގީއަށް އެތައް ކަމެއް ފަހިވެގެންދާނެ: ރައީސް ނަޝީދު

  • ސްކޫލު ތަރައްގީ ކުރުމަށް ޚާއްސަ ޕްރޮގްރާމްތައް ހިންގިގެންދާނެ
  • އެއްދަންފަޅިއަކަށް ސްކޫލު ބަދަލުވެގެންދާނެ

އަމްނާ އިމާދު
amnabinthimad

ކ. މާލެ 10 އޮކްޓޯބަރ 2019 | ބުރާސްފަތި 22:46 2,587

ތޮއްޑޫ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން - ޓްވިޓަރ

ސަރުކާރުގެ އެކިއެކި މަޝްރޫއުގެ ތެރެއިން އއ. ތޮއްޑޫގެ ތަރައްގީއަށް އެތައް ކަމެއް ފަހިވެގެންދާނެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތޮއްޑޫ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ރައީސް ނަޝީދު ވިދާޅުވީ ތޮއްޑޫގެ ތަރައްގީއަށް ގިނަ މަސައްކަތްތައް ކުރެވޭއިރު، ޚާއްސަކޮށް ސްކޫލު ތަރައްގީ ކުރުމަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ގިނަގުނަ ޕްރޮގްރާމްތައް ހިންގިގެންދާނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ތޮއްޑޫ ސްކޫލުގައި އަލަށް އިމާރާތް ކުރެވޭ 12 ކްލާސްރޫމާއެކު އެއްދަންފަޅިއަށް ސްކޫލު ބަދަލުވެގެންދާނެ ކަމަށާއި، 12 ކްލާސްރޫމާއެކު މަލްޓިޕާޕަސް ހޯލެއް އިމާރާތް ކުރެވިގެންދާނެ ކަމަށެވެ. އަދި މިއީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ތޮއްޑޫ މަދަރުސާ 371 ދަރިވަރުންނާއެކު މިއޮތީ ވަރަށް އުފާވެރި މުސްތަގުބަލެއް ފެންނަން. ރަނގަޅަށް ތޮއްޑޫ ދަރިންނަށް ކިޔެވި ވަރުގަދަ ބައެއްގެ ގޮތުގައި ޒުވާން އުމުރާއި މުޅި ދިވެހިރާއްޖެއާ ދުނިޔެއަށް ނުކުތުމަށް އެކުދިންނަށް ތައްޔާރުވުމަށް އެކުދިންނަށް ތޮއްޑޫ މަދަރުސާގައި ވަސީލަތްތައް މިސަރުކާރުން ފޯރުކޮށްދޭނެ.

~ ރައީސް ނަޝީދު ވިދާޅުވި

ރައީސް ނަޝީދު ވިދާޅުވީ ތޮއްޑޫ ދަރިންނަކީ އެކިދާއިރާތަކުން ގައުމަށް ރީތިނަން ގެނައުމުށް ވިދަމުން އައިސްފައިވާ ބައެއް ކަމަށާއި، އުޖާލާ މުސްތަގުބަލަކަށް ވާސިލްވުމަށް ގަދައަޅާ މަސައްކަތް ކުރާ ބައެއް ކަމަށެވެ.

އެހެންކަމުން މަތީތައުލީމަށް ކިޔެވުމަށް އަމިއްލަ ރަށްދޫކޮށްދާއިރު އަބަދު ވެސް ރަށް މަތިން ހަނދުމަ ކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް