ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 23:55
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު، ޝަމާއު ޝަރީފް
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު، ޝަމާއު ޝަރީފް
ރާއްޖެއެމްވީ
މާލޭ ސިޓީ ކައުންސިލް
ކައުންސިލްތަކުގެ ނިންމުންތަކަށް އަންހެނުންގެ ބައިވެރިވުން މުހިއްމު: ޝަމާއު
 
އެގޮތަށް ކަނޑައަޅަނީ ހަމަހަމަކަން ކަނޑައެޅުމަށް ކަމަށް

ކައުންސިލްތަކުގެ ނިންމުން ތަކަށް އަންހެނުންގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު، ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަމާއު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޝަމާއު ވިދާޅުވީ ކައުންސިލްތަކުގައި އަންހެނުންނަށް ކައުންސިލްތަކުގެ 33 ޕަސެންޓް ހާއްސަކުރުމާއި ގުޅިގެން ވާހަކަދައްކަވަމުން ވިދާޅުވީ އެގޮތަށް ކަނޑައަޅަނީ ހަމަހަމަކަން ކަނޑައެޅުމަށް ކަމަށެވެ. ޝަމާއު ވިދާޅުވީ މި މައުލޫއަކީ ވަރަށް ބޮޑަށް ބަހުސްކުރެވޭ މައުލޫއެއް ކަމަށެވެ.

އިންތިޚާބީ މަގާމުތަކަށް އައުމަށް އަންހެނަކަށް ވީތީ ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ގަބޫލުކުރައްވާ ކަމަށާއި މި މަގާމުތަކަށް ވަރަށް ގިނަ އަންހެނުން ކުރިމަތިލި ނަމަވެސް އިންތިހާބުވަނީ މަދު އަންހެނުން ކަމަށެވެ.

"އަޅުގަނޑު ފިރިހެނަކަށް ވިޔަސް އަޅުގަނޑު ފާހަގަކޮށްލަން، އަންހެނަކަށް ވީތީ ވަރަށް ބޮޑު ގޮންޖެހުންތައް، ހާއްސަކޮށް އިންތިޚާބީ މަގާމުތަކަށް އަންނަ މީހުންނަަށް ހުންނާނެ. އިންތިޚާބުގައި ވާދަކުރާ ބޭފުޅުންނަށް ވަރަށް ރަނގަޅަށް ސާފުވާނެ. ރާއްޖޭގައި މިހާރު އިންތިޚާބުވެފައި ހުރި މާގާމުތަކަށް ބަލާއިރު އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނަން މިއޮތީ ހަމަ ކުރިމަތިލާ އިނގޭތޯ".
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު، ޝަމާއު ޝަރީފް

މި އިސްލާހު ގެނައުމުގެ ސަބަބުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ސަބަބުން އަންހެނުންނަށް މި ފަދަ މާގާމުތަކަށް އަންހެނުން ކުރިމަތިލާ، އިންތިޚާބުވުމަށް ވެސް ލިބިދޭ ބާރެއް ކަމަށެވެ. ޝަމާއު ވިދާޅުވީ ރާއްޖެ ކަހަލަ ޖަޒީރާ ގައުމެއްގައި އަންހެނުންގެ ބަސް ވަރަށް މުހިއްމު ކަމަށެވެ.

ކައުންސިލެއްގައި އަންހެނުންނަށް 33 އިންސައްތަ ޚާއްސަކުރުމަކީ ރަނގަޅުކަމެއް ކަމަށް ޝަމާއު ސިފަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
0%
0%
ކޮމެންޓް