ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 22:12
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން
ރައީސް އޮފީސް
ފަޒްނާ އަޙްމަދު
ނަފްސާނީ ދުޅަހެޔޮކަމުގެ ހަރަކާތްތައް ރައީސްގެ އަނބިކަނބަލުން ބައްލަވާލައްވައިފި
 
މައުލޫމާތު ދޭ ޑެސްކްތަކަށް ޒިޔާރަތްކުރައްވައި މައުލޫމާތު ސާފުކުރެއްވި

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި ބުރާސްފަތި ދުވަހު ކުރިޔަށްގެންދިޔަ ހަރަކާތްތައް ބައްލަވައިލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި ނަފްސާނީ ދުޅަހެޔޮކަމާބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ގޮތުން ފެކަލްޓީގެ ދަރިވަރުން ބަހައްޓާފައިހުރި މައުލޫމާތު ދޭ ޑެސްކްތަކަށް ޒިޔާރަތްކުރައްވައި އެކަމަނާ މައުލޫމާތު ހޯއްދަވާފައިވެއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ފެކަލްޓީ އޮފް ހެލްތް ސައިންސްސަސް އިން ކުރިޔަށްގެންދާ މި ހަރަކާތަކީ އެ ފެކަލްޓީގެ ޑިޕާޓްމަންޓް އޮފް ވެލްނަސްގެ މުވައްޒަފުންނާއި އެ ޑިޕާޓްމަންޓުގެ ދަށުން ހިންގާ ކޯސްތަކުގެ ދަރިވަރުން އިސްނަގައިގެން ބާއްވާ ހަރަކާތްތަކެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް