ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ފިޔާގެ އަގު

އެސްޓީއޯއިން ފިޔާގެ އަގު ހެޔޮކޮށް، ވަކި ލިމިޓެއްގައި ވިއްކަން ފަށަނީ

  • އެއަރ ޕްރައިޓްކޮށް ޝިޕްމަންޓެއް މާދަމާ ގެންނާނެ
  • ފިޔާ ބަސްތާއެއް 1000 ރުފިޔާއަށް ލިބެންހުރިއިރު ކިލޯއެއް ވިއްކަން ހުރީ 50 ރުފިޔާއަށް

ކ. މާލެ | 10 އޮކްޓޯބަރ 2019 | ބުރާސްފަތި 19:32 | 24,080

ފިޔާ - ބާޒާރުގައި ފިޔާގެ އަގު ވަނީ ބޮޑުވެފައި - މުހައްމަދު ޝަރުހާން

ފިޔާގެ އަގު ހެޔޮކޮށް، ވަކި ލިމިޓަކުން ވިއްކަން ފެށުމަށް ނިންމާފައިވާކަމަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ބުނެފި އެވެ.

ބާޒާރުގައި ފިޔާ ބަސްތާ އަދި ކިލޯ ވިއްކާ އަގު ބޮޑުވުމާއި ގުޅިގެން ރާއްޖެއެމްވީން ސުވާލުކުރުމުން އެސްޓީއޯގެ ސްޕޯކްސްޕާރސަން އަބްދުﷲ މުހައްމަދު ވިދާޅުވީ އެސްޓީއޯ އިން ވަރަށް އަވަހަށް ޝިޕްމަންޓެއް ގެންނަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެއަރ ޕްރައިޓްކޮށް ޝިޕްމަންޓެއް މާދަމާ ގެނެސް ވިއްކަން ފެށޭވަރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބާޒާރުގައި ފިޔާ ބަސްތާއެއް 1000 ރުފިޔާއަށް ލިބެންހުރިއިރު ކިލޯއެއް ވިއްކަން ހުރީ 50 ރުފިޔާއަށެވެ.

ފިޔާގެ އަގު ބޮޑުވެފައި މިވަނީ އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދަނޑުތައް ހަލާކުވެ ބޭނުންވާ ވަރަށް ފިޔާ ނުއުފެއްދޭތީއެވެ. އަދި ގައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން އިންޑިއާ އިން ހުއްޓާލި ނަމަވެސް އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނޭ ކަމަށް މީގެ ކުރިން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުޙައްމަދު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ސަރުކާރުން ވަނީ، ވަކި އެއްޗެއް އަންގަންދެން ފިޔާ އެކްސްޕޯޓް ކުރުން މަޑު ޖައްސާލަން އަންގާފައެވެ. އިންޑިއާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ބާޒާރަށް ފިޔާ ނެރެވޭ މިންވަރު ވަރަށް ބޮޑަށް މަދުވެ، ފިޔަލުގެ އަގު ވަނީ ބޮޑުވެފައެވެ. ވެރިރަށް ނިއު ދިއްލީއާއި، ވިޔަފާރި މަރުކަޒީރަށް މުމްބާއީގެ ބާޒާރުގައި ފިޔާ ކިލޯއެއް ވިއްކަމުންދަނީ 80-70 ރުޕީސްއާ ދެމެދުގެ އަގެއްގައެވެ. މިއީ އާއްމުކޮށް ލިބޭ އަގަށްވުރެ ބޮޑު އަދަދެކެވެ.

އިންޑިއާއަކީ އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ އެއް ގައުމެވެ. މިދިޔަ އަހަރު އިންޑިއާ އިން 2.2 ބިލިއަންގެ ފިޔާ އެހެނިހެން ގައުމުތަކަށް އެކްސްޕޯޓްކޮށްފައިވާކަމަށް އިންޑިއާގެ ޓްރޭޑްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.