ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 18:38
ސާރކްގައުމުތަކުގެ އެޑިއުކޭޝަން މިނިސްޓަރުންނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުންގެ ތިންވަނަ ބައްދަލުވުން
ސާރކްގައުމުތަކުގެ އެޑިއުކޭޝަން މިނިސްޓަރުންނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުންގެ ތިންވަނަ ބައްދަލުވުން
ޓްވިޓަރ
ސާރކްގައުމުތަކުގެ އެޑިއުކޭޝަން އަދި ހަޔަރ އެޑިއުކޭ
ސާރކްގައުމުތަކުގެ އެޑިއުކޭޝަން އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުން ފަށައިފި
 
މިއަދުގެ މިނިސްޓަރުންގެ ބައްދަލުވުމަށް 2 ޕޭޕަރެއް ހުށައެޅުމަށް އިއްޔެގެ ބައްދަލުވުމުން ވަނީ ނިންމާފައި
 
މިއީ ސާރކްގައުމުތަކުގެ އެޑިއުކޭޝަން އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުންގެ ތިން ވަނަ ބައްދަލުވުން

ސާރކްގައުމުތަކުގެ އެޑިއުކޭޝަން މިނިސްޓަރުންނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުންގެ ތިންވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ.

އަލަށް ހުޅުވި "ކްރޮސްރޯޑްސް މޯލްޑިވްސް" ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ބައްދަލުވުން ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވަނީ ސައުތު އޭޝިއާ ރީޖަންއިން ތަޢުލީމީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަ ކުރައްވާފައެވެ.

އެގޮތުން ފާއިތުވި ވިއްސަކަށް އަހަރުތެރޭގައި ސައުތު އޭޝިއާ ރީޖަންއިން ސްކޫލަށްދާ ދަރިވަރުންގެ ނިސްބަތް އިތުރުވެ، ތަޢުލީމީ ގޮތުން މަތީހަރުފަތްތަކަށްދާ ދަރިވަރުންގެ އަދަދު އިތުރުވެފައިވާ ކަމަށްވިދާޅުވިއެވެ. އެހެން ނަމަވެސް މިހޯދުނު ކާމިޔާބީތަކާއެކުވެސް ސައުތު އޭޝިއާ ރީޖަންއިން އިތުރަށް ކުރިއަށް ދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސާރކްގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދު ހުސެއިން ވިދާޅުވީ މި ބައްދަލުވުމަކީ ސައުތު އޭޝިއާ ސަރަހައްދަށް ފައިދާ ކުރާނެ މުހިއްމު ނިންމުންތަކެއް ނިމިގެންދާނެ ބައްދަލުވުމެއް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ސާރކްގައުމުތަކުގެ އެޑިއުކޭޝަން މިނިސްޓަރުންނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުންގެ ތިންވަނަ ބައްދަލުވުން

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިނިސްޓަރުންގެ ބައްދަލުވުން ޗެއަރ ކުރައްވަނީ ރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު ޢަލީއެވެ.

ސާރކް ގައުމުތަކުގެ ތަޢުލީމީ ދާއިރާއާ ގުޅުންހުރި މިނިސްޓަރުން ފިޔަވައި އެހެނިހެން އިސް އޮފިޝަލުންނާއެކު އިއްޔެ ވަނީ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުން ޗެއަރ ކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ. އަބްދުﷲ ރަޝީދެވެ. މި ބައްދަލުވުމުގައި ވަނީ 2014 ވަނަ އަހަރު ބޭއްވުނު އެޑިއުކޭޝަން އަދި ހަޔަރ އެޑިއުކޭޝަންގެ މިފަދަ ދެވަނަ ބައްދަލުވުމުގައި ނިންމުނު ކަންކަން ސާރކްގެ ގައުމު ތަކުން ތަންފީޒުކުރަމުންދަނީ ކިހާ މިންވަރަކަށްތޯ އެގައުމުތަކުން ހުށައަޅާފައެވެ. އަދި މިކަމުގެ ރިޕޯޓްވަނީ ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން މިއަދުގެ މިނިސްޓަރުންގެ ބައްދަލުވުމަށް 2 ޕޭޕަރެއް ހުށައެޅުމަށް އިއްޔެގެ ބައްދަލުވުމުން ވަނީ ނިންމާފައެވެ. އެ ދެ ޕޭޕަރަކީ "މާލޭ ޑެކްލަރޭޝަން" އަދި "އެޑިއުކޭޝަން 2030: ސާރކް ފްރޭމްވޯކް ފޯރ އެކްޝަން" މި ދެ ޕޭޕަރެވެ. މި ދެ ކަރުދާހާމެދު މިނިސްޓަރުންގެ ބައްދަލުވުމުގައި މިހާރު ދަނީ މަޝްވަރާ ކުރެވެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް