އަންގާރަ 22 އޮކްޓޯބަރ 2019
05 ހެއި
1441 ސަފަރު 23
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:11
މަޣްރިބް 17:53
އިޝާ 19:05
ވިޔަފާރި - އުރީދޫ ކަލަރ

އުރީދޫ ކަލަރ ރަންގައި 5000 މީހުން ރަޖިސްޓްރީކޮށްފި

  • މި އަހަރުގެ ޖޫން މަހު އައްޑޫ ސިޓީގައި ވެސް ކަލަރ ރަން ބާއްވާފައިވޭ
  • އުރީދޫގެ އަމާޒަކީ ގިނަ ރަށްތަކުގައި މި ރަން ބޭއްވުން

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 10 އޮކްޓޯބަރ 2019 | ބުރާސްފަތި 18:53 1,101

އުރީދޫ ކަލަރ - އުރީދޫ

ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ އުރީދޫ ކަލަރ ރަން، ނޮވެމްބަރު މަހުގެ 29 ވަނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާއިރު ކަލަރ ރަންގައި 5000 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އުރީދޫ އިން ބުނެފިއެވެ.

ކަލަރ ރަންގައި އަހަރުން އަހަރަށް ބައިވެރިން ގިނަވެ، ރެކޯޑް އަދަދަކަށް ދުވުންތެރިން ބައިވެރިވާ ދުވުމުގެ އިތުރުން، އެދުވަހުގެ ހެނދުނު ގުޑި މަހާސަމާއެއް، އަދި ރޭގަނޑު ގަޑީގައި މިއުޒިކް ޝޯ އެއްވެސް ބޭއްވިގެންދާނެއެވެ.

އުރީދޫ ކަލަރރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ ސިއްހަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުމެވެ. ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭފަދަ މަޖާ އިވެންޓެކެވެ. އުރީދޫ ކަލަރރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރެއެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ އަދި ނަށަމުން ދުވުން ނިންމި ބައިވެރިންނަށްވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރާނެއެވެ.

އުރީދޫ ކަލަރ ރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން އެންމެ އެންޓަރޓެއިނިންގ ދުވުންތެރިޔާ އަދި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ މަޖާ ވަނަތައް ހޮވިގެންދާނެއެވެ.

އުރީދޫ ކަލަރ ރަން ދުވަހުގެ ތަފާތު ހަރަކާތްތަކާއި، ޕާޓްނަރުންގެ ތަފްސީލުތައް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ހިއްސާކުރެވޭނެއެވެ. ކުރީގެ އަހަރުތަކާއި އެއްފަދައިން، އުރީދޫ ކަލަރ ރަންގެ އިވެންޓް ޕާޓްނަރ އަކީ ޔުނިކްސް ސްޕޯޓިންގް އެވެ.

ފާއިތުވެދިޔަ ޖޫން މަހު އައްޑޫ ސިޓީގައި އުރީދޫ ކަލަރ ރަން އެއް ބާއްވިފައިވާއިރު، މިއީ މިއަހަރު ބާއްވާ ދެވަނަ އުރީދޫ ކަލަރ ރަން އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް