ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 18:14
އޭޝިއަން ބެޑްމިންޓަން މުބާރާތުގެ ތެރެއިން
އޭޝިއަން ބެޑްމިންޓަން މުބާރާތުގެ ތެރެއިން
ޓްވިޓަރ
އޭޝިއަން ބެޑްމިންޓަން މުބާރާތް
އޭޝިއަން ބެޑްމިންޓަން މުބާރާތް: ނަބާހާ އަދި ނަބީހާ އަށް ލޯ މެޑަލް
 
މި މުބާރާތުގެ އެއްވަނަ ޕެއާގެ ގޮތުގައި ސީޑުކޮށްފައި އޮތް ނަބާހާ އަދި ނަބީހާގެ ޕެއާ ސެމީ ފައިނަލް މެޗުން ބަލިވީ އިންޑިއާގެ ޕެއާ ދިޕިޝްކާ ސިންހަ އާއި މާންސީ ސިންހުގެ ޕެއާ އަތުން ސީދާ ދެ ސެޓުން ބަލިވެގެނ

އައްޑޫ ސިޓީގައި މިހާރު ކުރިޔަށްދާ 21 އަހަރުން ދަށުގެ އޭޝިއަން ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގެ ލޯ މެޑަލް ރާއްޖޭގެ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ ލޯ މެޑަލް ހޯދައިފިއެވެ.

މި މުބާރާތުގެ އެއްވަނަ ޕެއާގެ ގޮތުގައި ސީޑުކޮށްފައި އޮތް ނަބާހާ އަދި ނަބީހާގެ ޕެއާ ސެމީ ފައިނަލް މެޗުން ބަލިވީ އިންޑިއާގެ ޕެއާ ދިޕިޝްކާ ސިންހަ އާއި މާންސީ ސިންހުގެ ޕެއާ އަތުން ސީދާ ދެ ސެޓުން ބަލިވެގެންނެވެ.

މެޗުގެ ސެޓުތަށް އިންޑިއާގެ ޕެއާ ގެންދިޔައީ 21-19، 21-14 އިންނެވެ.

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި އަންހެން ސިންގަލްސް އިވެންޓުން ރަން މެޑަލް ކާމިޔާބުކުރި ނަބީހާ އަށް މި މުބާރާތުގައި މާކަ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން މި މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުން އޭނާ އަށް ލިބުނީ ލޯ މެޑައްޔެވެ. އަދި އަންހެން ސިންގަލްސް ބައިގެ ކުއާޓާއިން ރާއްޖޭގެ ދެ ކުޅުންތެރިން ކަމަށްވާ ނަބާހާ އާއި މާޝާ ވަނީ ބަލިވެފައެވެ.

އޭޝިއަން 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތަކީ ރާއްޖޭގައި މި އަހަރު ބޭއްވޭ ތިންވަނަ ބައިނަލްއަގްވާމީ މުބާރާތެވެ. އަދި މި މުބާރާތް ބާއްވަން ސަރުކާރުން ވަނީ ފެންވަރު ރަނގަޅު ބެޑް މިންޓަން ކޮމްޕްލެކްސް އެއް އައްޑޫ ސިޓީގައި އަޅައިފައެވެ.

ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި މި މުބާރާތް ބޭއްވުމަކީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދި ކުޅިވަރު ހަމައެކަނި

މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް އަތޮޅު ތެރޭ ރަށްތަކުގައި ވެސް ކުޅިވަރު ކުޅޭ ވަސީލަތްތަށް ގާއިމް ކޮށްދޭނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް