ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 18:42
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ދާނިޝް ނިޡާމް
ޕްރޮގްރެސިވް ކޯލިޝަން
ޕްރޮގްރެސިވް ކޯލިޝަނަކީ އޮޑިދޯނި ފަހަރު ކުއްޔަށް ހިފައިގެން މެމްބަރުން ގެންނަ ފެންވަރު ޕާޓީއެއް ނޫން: ޝުޖާއު
 
މާދަމާ ބާއްވާ ރެލީގައި ގިނަ ބަޔަކު ބައިވެރިވާނެ
 
އަވަށްޓެރި ރަށްތަކުން މީހުން އަމިއްލައަށް އައުމުގެ ފުރުސަތު އެބައޮތް

ޕީޕީއެމް، ޕީއެންސީއަކީ އޮޑި ދޯނި ފަހަރާއި އުޅަނދުތައް ކުއްޔަށް ހިފައިގެން މެމްބަރުން ޖަލްސާއަށް ގެންނަ ފެންވަރުގެ ޕާޓީއެއް ނޫންކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މީގެކުރިން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުގައި ޕީޕީއެމްއިން އިންތިޒާމްކޮށްގެން ބޭއްވި އެކި ޖަލްސާތަކަށް ފްލައިޓް ޗާޓަރުކޮށް އަދި އޮޑި ދޯނި ފަހަރުގައި އެ ޕާޓީން ހަރަދުކޮށް މެމްބަރުން ގެނެސްފައި ވާއިރު، އެ ޕާޓީން ''އަންނަނީ އަންނަނީ'' ނަމުގައި ބާއްވާ މުޒާހަރާއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ މިހާރު މިއޮތީ ހާލަތު ބަދަލުވެފައިކަމަށާއި އޮޑި ދޯނި ފަހަރު ކުއްޔަށް ހިފައިގެން މެމްބަރުން ނުގެންނާނެކަމަށެވެ. ނަމަވެސް އަވަށްޓެރި ރަށަކުން މީހުން އަމިއްލައަށް އައުމުގެ ފުރުސަތު އެބައޮތްކަމަށް ވަނީ ފާހަގަކޮށްފައެެވެ.

އޮޑި ދޯނިފަހަރު ކުއްޔަށް ހިފައިގެން، ކައިރި އަވަށޤޓެރި ރަށްރަށުން މީހުން ގެންނާކަށް ނުޖެހޭ. އެ ފެންވަރުގެ އޮތް ޕާޓީއެއް ނޫން ޕީޕީއެމްއަކީ.އެހެންވީމައި މާދަމާގެ ރެލީއަކަށް އަޅުގަނޑުމެން އަތޮޅުތެރެއިން މީހުންނެއް ނުގެންނާނެ. އެއްވެސް ރަށަކަށް އަޅުގަނޑުމެން ދައުވަތެއް ނުދޭނަން. ނަމަވެސް އަމިއްލަ ގޮތުން ކައިރި ރަށަކުން މީހުން އައުމަކީ ތަފާތު ކަމެއް. ނަމަވެސް އަޅުގަނޑުމެން ކައިރި ރަށްރަށުން މީހުން ގިނަކުރަން ރެލީއަކަށް ނުގެންނާނެ.
ޕީއެންސީގެ ނައިބު އިބްރާހިމް ޝުޖާއު

ހުކުރު ދުވަހުގޭރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރެލީގައި އިސްލާމްދީނުގެ ދިފާއުގައި ގިނަ ބަޔަކު ނުކުންނަވާނެކަަން ފާހަގަކޮށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ރެލީއަކީ ޕީޕީއެމް އިން އިިންތިޒާމްކޮށްގެން ބާއްވާ އެންމެ ވަރުގަދަ އެއްވުމަކަށް ކަމަށެވެ.

އަދުރޭ ވިދާޅުވީ މި ސަރުކާރަށް ކުރެވޭނެކަމަކީ ދިމާވާ ކޮންމެ ކަމެއްގައި ރައީސް ޔާމީންގެ ސަރުކާރު ކުށްވެރިކޮށް އެކަމުން ފިލުންކަމަށެވެ. އަދުރޭ ވަނީ ޒިންމާދާރު ކަމާއެކީ މަސައްކަތް ކުރުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

ހުކުރު ދުވަހުގެ ރޭ ޕީޕީއެމްއިން ކުރިޔަށް ގެންދާ ރެލީ ބާއްވާތީ ސަރުކާރަށް ހަޖަމްނުކުރެވި، އެމްޑީޕީ އެކްޓިވިސްޓުން މެދުވެރިކޮށް ރެލީ ނޯންނާކެމަށް މެސެޖްތައް ފޮނުވަމުންދާކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ. އަދުރޭ ވަނީ މި ސަރުކާރަކީ ވަރަށް ފަސޭހައިން "ތުރު ތުރު" އަޅާ ސަރުކާރެއްކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
21%
7%
0%
57%
7%
7%
ކޮމެންޓް
10 އޮކްޓޯބަރ 2019 | ބުރާސްފަތި 19:13
ސަތަރޭ
ނެއްތަ ރުފިޔާ ކޮޅެއް?