ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 19:10
އައްޑޫގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް
އައްޑޫގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް
އައްޑޫ ލައިވް
އައްޑޫ ސިޓީ
އައްޑޫ ސިޓީ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާއްމުކޮށްފި
 
ޑައުންޓް ޕޭމަންޓްގެ ގޮތުގައި ދައްކާފައިވަނީ 19،000 ރުފިޔާ
 
ދާއިމީ ލިޔުން ހަވަލުކުރަން ފަށަނީ މި އަހަރު

އައްޑޫ ސީޓި ހިތަދޫ އަދި މަރަދޫ ގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާން ކޮށްފިއެވެ.

ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ލިސްޓު ހޯމަ ދުވަހު އިއުލާން ކޮށްފައިވާއިރު، ފްލެޓްތަކުގެ ލިޔުމުގައި ސޮއިކުރުން މި ހަފްތާތެރޭ ފެށޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

ކުރީގެ ރައީސް މުހައްމުދު ނަޝީދުގެ ވެރިކަމުގައި ''ގެދޮރުވެރިކަމުގެ'' ޕްރޮގްރާމް ދަށުން އައްޑޫ ސީޓީގެ އެންމެ ބޮޑުރަށް ހިތަދޫގައި 264 ފްލެޓް އަދި 48 ފްލެޓް ވަނީ އިމާރާތް ކޮށްފައެވެ.

އެ ފްލެޓްތަކުގެ ތެރެއިން ހިތަދޫގައި ތިން ކެޓަގަރީއަކުން 230 ފްލެޓެއް ވަނީ ދޫކޮށްފައެވެ. އެ ފްލެޓް ތަކުގެ ތެރެއިން 150 ފްލެޓް ހާއްސަކޮށްފައިވަނީ ހިތަދޫ ރަށްވެހިންނަށެވެ. އަދި 50 ފްލެޓް ފޭދޫ ރައްޔިތުންނަށް ހާއްސަ ކޮށްފައިވާއިރު، މަރަދޫ އަދި މަރަދޫ ފޭދޫ ރައްޔިތުންނަށް 30 ފްލެޓެވެ. އަދި ހުޅުދޫގައި މަރާމާތު ކޮށްފައިވާ 48 ފްލެޓް ތަކުގެ ތެރެއިން، ހުޅުދޫ އާއި މީދުގެ ރައްޔިތުންނަށް ހާއްސަ ކޮށްފައިވަނީ 23 ފްލެޓެވެ.

އެ ފްލެޓްތަކުގެ ޑައުންޕޭމަންޓެއްގެ ގޮތުގައި ދައްކަން ޖެހެނީ 19،000 ރުފީއާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
60%
0%
40%
0%
0%
ކޮމެންޓް