ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 16:31
ގައުމީ ފުޓުބޯޅަ ޓީމު
ގައުމީ ފުޓުބޯޅަ ޓީމު
އެފްއޭއެމް
ގައުމީ ފުޓުބޯޅަ ޓީމު
ސީރިއާ މެޗަށް ރާއްޖޭގެ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި: ސެގާޓް
 
ވޯލްޑް ކަޕް ކޮލިފިކޭޝަނުގެ ގްރޫޕް އޭގައި ރާއްޖޭގެ އިތުރުން ސީރިއާ، ޗައިނާ، ފިލިޕީންސްގެ އިތުރުން ހިމެނެނީ ގުއާމް

ވޯލްޑްކަޕް ކޮލިފިކޭޝަނުގައި ރާއްޖެ އާއި ސީރިއާ ބައްދަލުކުރާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގައުމީ ކޯޗު ސިގާޓް ބުނީ މި މެޗަށް ރާއްޖެއިން އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަނުގެ ގްރޫޕް އޭގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ސީރިއާ، ޗައިނާ، ފިލިޕީންސްއާއި ގުއާމްގެ ޓީއެވެ. ރާއްޖެ އާއި ސީރިއާއާއި ޗައިނާއަށް ތިން ޕޮއިންޓް ލިބިފައިވާއިރު ގްރޫޕްގެ ފުލުގައި ގުއާމް އޮތީ ޕޮއިންޓެއް ނުލިބިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ސެގާޓް ބުނީ މެޗަށް ރާއްޖެއިން ނިކުންނަނީ މި ގްރޫޕްގެ ފޭވަރިޓުންނަކީ ޗައިނާ އަދި ސީރިއާ ކަން ދަނެގެން ކަމަށާއި ރަށުން ބޭރުގައި ކުޅޭ މެޗަކާއި އަޅާ ބަލާފަ މި މެޗަށް ރާއްޖެއިން ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. ރާއްޖޭގެ ޓީމު ސައުދީގައި ޓްރެއިނިންގ ކޭމްޕެއް ކޮށްފައިވާކަން ފާހަގަކޮށް ކޯޗު ބުނީ ސައުދީގައި ކުރި ކޭމްޕަކީ ކާމިޔާބު ކޭމްޕެކޭ ބުނަން އިނގޭނީ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުގެ ނަތީޖާ ބެލުމަށްފަހުގައި ކަމަށެވެ.

ސެގާޓް އިތުރަށް ބުނީ ރާއްޖޭގެ އަމާޒަކީ މި ގްރޫޕްގެ ތިންވަނަ ހޯދައި އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށާއި އެގޮތުން ސީރިއާ އަދި ޗައިނާ މެޗުން އެންމެ ޕޮއިންޓެއް ލިބުންވެސް ވެގެންދާނީ ލިބޭ ބޯނަހެއް ކަމަށެވެ.

ސަސްޕެންޝަނުގެ ސަބަބުން ރާއްޖޭގެ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީއާއި އިބްރާހީމް މަހުދީ އަށް މި މެޗުގައި ނުކުޅެވޭތީ ކޯޗު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ސެގާޓް ބުނީ އަކްރަމާއި ނުލާ ކުޅޭ މިއީ ފުރަތަމަ ފަހަރު ކަމަށާއި އެކަން ރާއްޖޭގެ ޓީމުގެ ޑިފެންސް ލައިނުން ދައްކާނެ ކަމަށެވެ. އަދި މި މެޗާ ކުރިމަތިލާއިރު ރާއްޖޭގެ އެޓޭކް ލައިންގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ފޭދޫ އިއްބެ ނެތުން އެއީ ޓީމަށް ލިބޭ ގެއްލުމެއް ގޮތުގައި ސެގާޓް ފާހަގަކުރިއެވެ.

ދުބާއީގެ ރާޝިދު ސްޓޭޑިއަމްގައި މި މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗު ދުބާއީގައި ކުޅުމަށް ހަމަޖެހުނީ ދާހިލީ ހަގުރާމައިގެ ސަބަބުން ސީރިއާގައި މެޗު ކުޅުމަށް ތަން ނުދޭތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް