ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 15:14
ގައުމީ ފިރިހެން ވޮލީ ބޯޅަ ޓީމު
ގައުމީ ފިރިހެން ވޮލީ ބޯޅަ ޓީމު
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ވޮލީ ޓީމް
ގައުމީ ވޮލީ ޓީމުގެ ކޯޗަކަށް ސާބިއާގެ މިލޮރަޑް ކިއަޗް ހަމަޖައްސައިފި
 
ކުޅިވަރުގެ ދާއިރާގައި ސާބިއާއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގައުމެއް

ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ސާބިއާގެ ކޯޗަކާއި ޓްރެއިނަރެއް ހަމަޖައްސައިފިއެވެ.

1996 ވަނަ އަހަރު ޔޫގަސްލާވިއާއަށް އެފްއައިވީބީ އިން ބޭއްވި ވޯލްޑް ލީގުން ތިންވަނަ ހޯދައިދިން ކޯޗު މިލޮރޑް ކިއަޗް އަކީ ކުރިން ސެޓަރަކަށް ކުޅުނު ކުޅުންތެރިއެކެވެ. އަދި ބަލްގޭރިއާއަށް އެފްއައިވީބީ ވޯލްޑް ލީގުގެ ފަސްވަނަ ވެސް ހޯދައިދީފައެވެ.

ކޯޗެއްގެ ގޮތުގައި ކިއަޗް ވަނީ ޔޫއޭއީ އަދި ރޫމޭނިއާގެ ޓީމުތަކަށް ކޯޗުކަން ކޮށްދީފައެވެ. އަދި 1995 ބަނަ އަހަރު "ސްޕޯޓްސް ޖާނަލް" އިން ހޮވި އެންމެ މޮޅު ކޯޗުގެ މަގާމްވެސް އޭނާ ވަނީ ހޯދައިފައެވެ.

ގައުމީ ވޮލީ ޓީމަށް ހަމަޖެއްސި ޓްރެއިނަރަކީ ވެސް ސާބިއާގެ ޓްރެއިނަރެކެވެ. އެގޮތުން ޓްރެއިނަރަކަށް ހަމަޖައްސައިފައިވަނީ ރަޑޮވަން ކިއަޗްއެވެ.

ގައުމީ ޓީމުވަނީ މިއަހަރު ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ތަނަވަސްކޮށްދެއްވި ފުރުސަތާއެކު ސާބިއާގައި ކޭމްޕް ކޮށްފައެވެ. މިއީ ރާއްޖޭގެ ގައުމީ ޓީމެއް ޔޫރަޕްގައި ކޭމްޕްކުރި ފުރަތަމަ ފަހަރެވެ.

ކުޅިވަރުގެ ދާއިރާގައި ސާބިއާއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގައުމެކެވެ. އެގޮތުން ވޮލީބޯޅަ އާއި ފުޓްބޯޅަ، ބާސްކެޓްބޯޅަ، އަދި ޓެނިސް ފާހަގަކޮށްލެވެއެވެ. ކުޅިވަރުގެ ދާއިރާއިން ރާއްޖެ އާއި ސާބިއާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ މަސައްކަތް

ކުރަމުންދާއިރު، ސާބިއާއިން އަންނަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް ބޮޑެތި އެހީތަކެއް ވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް