ބުދަ 23 އޮކްޓޯބަރ 2019
06 ހެއި
1441 ސަފަރު 24
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05
ވިޔަފާރި - އެމްއެމްޕީއާރްސީ

ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން އިޓަލީގައި ގިނަ ހަރަކާތްތަކެއް

  • ޓީ.ޓީ.ޖީ ޓްރެވަލް އެކްސްޕީރިއަންސް ފެއަރގައި ބައިވެރިވާނެ
  • މި ފެއަރ ކުރިއަށްދާނީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 10 އޮކްޓޯބަރ 2019 | ބުރާސްފަތި 15:08 1,568

އިޓަލީ އަކީ ރާއްޖެއަށް ފަތުރުވެރިކަން އަންނަ އެންމެ ވަރުގަދަ އެއް މާކެޓް - އެމްއެމްޕީއާރްސީ

ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އިޓަލީގައި ގިނަ ހަރަކާތްތަކެއް ފަށައިފިއެވެ.

އެގޮތުން އިޓަލީގެ ރިމިނީގައި އޮންނަ ޓީ.ޓީ.ޖީ ޓްރެވަލް އެކްސްޕީރިއަންސް ފެއަރގައި ބައިވެރިވުމުގެ އިތުރުން ރޯޑް ޝޯއެއް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ޓީ.ޓީ.ޖީ ޓްރެވަލް އެކްސްޕީރިއަންސް ފެއަރ މި މަހުގެ 9 ވަނަ ދުވަހު ފަށާފައިވާއިރު މި ފެއަރ ކުރިއަށްދާނީ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްއެމްޕީއާރްސީއާއެކު މި ދާއިރާގައި ހަރަކާތްތެރިވާ 25 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

ފެއަރގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން އިޓަލީގެ މާކެޓުގައި އިޝްތިހާރު ކުރާނެ ގޮތްތަކާއިމެދު މަޝްވަރާ ކުރެވިގެންދާނެއެވެ. މި ފެއަރ އަކީ މުހިންމު ފެއަރއެއްކަން ފާހަގަކޮށް އެމްއެމްޕީއާރްސީ އިން ބުނީ ފެއަރގައި 90 ޤައުމަކުން 2،131 އެގްޒިބިޓަރުން ބައިވެރިވިއެވެ.

ފެއަރގައި ރާއްޖެ ތަމްސީލު ކުރުމަށްޓަކައި 64 އަކަމީޓަރުގެ ސްޓޭންޑެއް ހުންނާނެ ކަމަށާއި އެ ސްޓޭންޑުން ރާއްޖޭގެ ރީތިކަން ފެނިގެންދާނެއެވެ. މީގެ އިތުރުން ޖާރނީ ޓު ދަ ސަނީ ސައިޑްގެ ނަމުގައި އިޓަލީގެ ރޯމްގައި އޮކްޓޯބަރު މަހުގެ 14 އިން 15 އަށް ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

އިޓަލީ އަކީ ރާއްޖެއަށް ފަތުރުވެރިކަން އަންނަ އެންމެ ވަރުގަދަ އެއް މާކެޓެވެ. މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 92،162 ފަތުރުވެރިން ވަނީ އިޓަލީ އިން ރާއްޖެ އައިސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް